ފްލެޓްތަކުގެ ކުލި ފަސްކުރުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން މާލެސިޓީ އާއި އަތޮޅުތެރެއިން ދޫކޮށްފައިވާ ފްލެޓް އަދި ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ދެއްކުން ފަސްކުރުމާގުޅިގެން އެކަމަށް އެދުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ހައުސިން މިނިސްޓަރީން ވަނީ މާލެސިޓީ އާއި އަތޮޅުތެރެއިން ދޫކޮށްފައިވާ ފްލެޓް އަދި ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ދެއްކުން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ.  ފުރަތަމަ ފަހަރަށް ފަސްކުރީ މާޗް މަހުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ފަސްކުރީ މި މަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން ކުލި ދެއްކުމުގެ މުއްދަތު ފަސްކުރުމަށް ބޭނުންވާމީހުން އެކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ މިމަހު 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިން މި މުއްދަތު ދީފައިވަނީ އޮކްޓޯބަރު 15 އަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުލި ދެއްކުން ފަސްކުރުމަށް އެދުމުގެ ފުރުސަތު  އިތުރުކުރީ ވަރަށްގިނަ ފަރާތްތަކުން މިތަންތަނުގެ ކުލި އިތުރުކޮށްދިނުމަށް އެދެމުން ދާތީކަމަށެވެ.

ކުލި ފަސްކުރި މުއްދަތުގެ ތެރޭގައި ވެސް މެއިންޓެނެންްސް ފީ ދައްކަންޖެހޭނެކަމަށާއި ކުލި ފަސްކުރާ މުއްދަތު އެގްރީމަންޓްގައި އިތުރުކުރެވޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން އައިޑީކާޑުގެ ކޮޕީއާއި ހައުސިން މިނިސްޓްރީ އާއި އެކު ކޮށްފައިވާ އެގްރީމަންޓް ނަންބަރު އެގޭނެގޮތަށް އެ މިނިސްޓްރީއަށް މެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުންވަނީ ވަރަށްގިނަ ކުލިތަކެއް ދެއްކުން ފަސްކޮށްފައެވެ. އޭގެ ތެރޭގައި ރިސޯޓްތަކުގެ ކުލި އާއި ބިންތަކުގެ ކުލި ވެސް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް