ރުއްގަސް ކެޑުމުން މަނަދޫ ކައުސިލް ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

ނ. މަނަދޫން އަލަށް ދޫކޮށްފައިވާ ގޯތިތަކުން ރުއްގަސް ކެޑުމާ ގުޅިގެން ރަށު ކައުސިލް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ( އީޕީޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މަނަދޫ ކައުންސިލް ޖޫރިމަނާ ކުރީ އަލަށް ދޫކުރި ގޯތިތަކުން ގަވާއިދާޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެޑުމާއި އުފުރުމާއި ގުޅިގެންނެވެ.

އީޕީޕީއޭއިން ބުނީ މަނަދޫ ކައުސިލް ޖޫރިމަނާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދަށް ރިއާޔަތް ކޮށެވެ.

ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ 30 ދުވަހުގެ ތެރޭ ދެއްކުމަށް މަނަދޫ ކައުންސިލަށް އަންގާފައިވާކަމަށް ވެސް އެ އެޖެންސީން ހާމަކުރެއެވެ.

ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި ހަދަމުންދާތީ އީޕީޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިގޮތަށް ރިޕޯޓް ހުށަނާޅާ ފަރާތްތައްބަލައި އެ ފަރާތްތަކަށްް ފިޔަވަޅުއަޅަމުންކަމަށް އަންނަ ކަމަށް އެ ޖެންސީން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް