ފަނޑިޔާރު މުޖުތާޒު ފަހުމީ އަވަހާރަވެއްޖެ
ސްޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލް އުސަތާޒު މުުޖުތާޒު ފަހުމީ އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަރަވީ ކޯވިޑް-19 އަށް ޕޮޒިޓްވެ ހާލުދެރަވުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ މެންދަމުގެ ވަގުތެެއްގައެވެ. މުޖުތާޒު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ލ. އަތޮޅުގައި ޗުއްޓީ ހޭދަކޮށްލައްވަން ވަޑައިގެން ހޯމް ކަރަންޓީންގައި ހުންނަވަނިކޮށް ކޮވިޑްގެ އަލާމާތްތައް ފެނި ޓެސްޓްކުރުމުންކަމަށް ވެއެވެ. އެމަނިކުފާނު މާލެ ގެނެސް ދަރުމަވަންތަ ހޮށްޕިޓަލްގައި ފަރުވާދޭން ފެށީ ލ.ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީގައި ހުންނެވުމަށްފަހު ހާލު […]
ގޭސް ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ
މާލޭސިޓީގެ ގެ އެއްގައި ގޭސްފުޅިއެއްގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ފިހިއްޖެއެވެ. އެންއެންޑީއެފުން ބުނީ މިހާދިސާ ހިނގާފައިވަނީ ހ. ތިންނޫނުގޭގެ ފަސް ވަނަ ފަންގިފާލާގައި ކަމަށެވެ. މިހާދިސާގައި ފިހުނު ދެ މީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެމްއެންޑިއެފުން ބުނެއެވެ. މިދާސާގައި އެ މީހުންނަށް ލިބުނީ ކިހާވަރެއްގެ ގެއްލުމުެއްކަމެއް އަދި ހާމަނުކުރެއެވެ. އެމްއެންޑިއެފުން ބުނީ ހާދިސާގައި ފިހިފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެންޑީއެފުން ބުނީ މިހާތަނަށް ބެލިބެލުމުން މި އަލިފާނުގެމިހާދިސާ ހިނގަން […]
އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް ވެކްސިން ދިނުމަށް ތައްޔާރުވަނީ
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިން އަވައްޓެރި ގައުމުތަކަށް ފޮނުވަން ތައްޔާރުވާން ފަށައިފިއެވެ. އިންޑިއާގެ ފޮރިން ސެކެޓްރީ ހާޝް ވަރުދާން ޝްރިންގްލާ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުން އެގައުމުގައި ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން އިންޑިއާ އާއި ގުޅުން އޮންނަ އަވައްޓެރި ގައުމުތަކަށް ފޯރުކޮށްދިނުމަށް މިހާރު ވަނީ ތައްޔާރު ވެފައެވެ. އަވައްޓެރި ބައެއް ގައުމުތަކުން އިންޑިއާއިން ކޮވިޑް ވެކްސިން ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އޭގެ ތެރޭގައި ސްރީ ލަންކާ، ނޭޕާލް، […]
އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަ ތަކެއް އަތުލައިގެންފި
އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމް ސާރވިސް އިން ބުނީ އޮޅުވާލައިގެން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ރާއްޖެއިން ބޭރުކުރަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އިއްޔެ މި ތަކެތި އަތުލައިގަނެ ތަހުގީގު ފަށައިފައިވާ ކަމަށެވެ. ކަސްޓަމްސް އިން ބުނީ މިތަކެތި ރާއްޖެއިން ބޭރުކުރަން އުޅުނީ ލޮނުމަސް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެންކަމަށެވެ. އެ ޝިޕްމަންޓްގެ ތެރޭގައި ހުރި ފޮށިތަކުގެ ތެރެއިން 21ފޮށިގަޑެއްގައި މިޔަރު […]
އެމެރިކާ ސަފީރު މުހިންމު މަޝްވަރާތަަކަކަށް ރާއްޖެ ވަޑައިގެންފި
އެމެރިކާއިން ރާއްޖެއަށް ކަނޑަައަޅާފައި ހުންނަ ސަފީރު އެލެއިނާ ބީ ޓެޕްލިޓްޒް މުހިންމު މަޝްވަރާތަކަކަށް ރާއްޖެއަށް މިއަދު ވަޑައިގަންނަވައިފި އެވެ. ސަފީރު ޓެޕްޒިލް ވަނީ ރާއްޖެ ވަޑައިގެން މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓްވީޓްކުރައްވާ ފައެވެ. އެކަމަނާ ފޮޓޯޓްވީޓްކުރައްވާ ވިދާޅުވީ މިހަފްތާތެރޭގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެކަމަށެވެ. އެގޮތުން މިނިވަން އަދި ކުރިއަރައިދާ ތިޔާގި ގައުމެއް ބިނާކުރުމާބެހޭ މުހިންމު މަޝްވަރާތަކެއް ކުރައްވާނެކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. މިއަދުގެ ވަގުތެއްގައި ސަފީރު ޓެޕްޒިލް އިކޮނޮމިކް […]
ސާފުތާހިރުކަން ކުޑަވުމުން އައިޖީއެމްއެޗްގެ ކެންޓީން ބަންދުކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ)ން ބަލާ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ އައިޖީއެމްއެޗްގައި ހިންގަމުންއަންނަ ސަންސެޓް ހައުސް ކެންޓީން ބަންދުކޮށްފި އެވެ. ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ކެންޓީން ބަންދުކޮށް އެތާގައި އެޗްޕީއޭއިން ތަތްކޮށްފައިވާ ނޯޓިސްގައި ވާގޮތުން އެތަން ބަންދުކޮށްފައިވަނީ ޚިދުމަތް ލިބިގަންނަ މީހުންނަށް ކާބޯތަކެތީގެ ޒަރީއާއިން ކުރިމަތިވެދާނެ ސިއްޚީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަމަލުކުރާ ގަވާއިދު“ ކާބޯތަކެތީގެ ޚިދުމަތް ދިނުުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު“އާ ޚިލާފުވެގެންކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތްހޯދަމުންދާ މި ކެންޓީންގައި ނޯޓިސް […]
ހިމާޔާތްކޮށްފައިވާ ދޫންޏެއް ބެލެޓުމުގެ ހުއްދަ މީހަކަށް ދީފި
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫޏެއް ވަގުތީގޮތުން ބެލެހެއްޓުމުގެ ހުއްދަ އެންވަޔަމަންޓް ޕްރޮޓަކްޝަން އެޖެންސީ ( އީފީއޭ) އިން މީހަކަށް ދީފިއެވެ. ހިމާޔަތްކޮށްފައިވާ ދޫނީގެ ތެރެއިން ހިމެނޭ ކުރަނގި ނަމަކަށްކިޔާ މި ދޫނި ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ގއ. ގެމަނަފުށީ އަހުމަދު އައްޒާމް އާދަމް އާއެވެ. ދޫނި އޭނާއާ ހަވާލުކޮށްފައިވަނީ އަނިޔާވެފައި ވަނިކޮށް އެ ސަލާމަތްކޮށް އޭތި ގެންގުޅެން އޭނާ އެދުމުން ކަމަށް އީޕީއޭއިން ބުނެއެވެ. އީޕީއޭއިން އަޒާމަށް މި ދޫނި ބެލެހެއްޓުމުގެ ހުއްދަ ދީފައިވާތީ އޭނާ ވަނީ އެކަމާ ޝުކުރުއަދާކޮށް […]
ހިޔާ ފްލެޓްތަަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު މުއްދަތެއް ދީފި
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްކަމަށްވާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްލިބުނު ފަރާތްރަކުގެ ވަގުތީލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ އިތުރު މުއްދަތެއް ދީފިއެވެ. ފްލެޓްތަކުގެ މައްސަލަ ބަލާކޮމިޓީން ނެރެފައިވާ އިއުލާނުގައިވާގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓްލިބުނު މީހުންގެ ވަގުތީ ލިސްޓް އިއުލާންކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން އެޗް4، އެޗް5، އެޗް6، އެޗް7 އެޗް8 އެޗް 9، އަދި އެޗް 10ގެ ”ދިރިއުޅުމުގެ ހާލަތ“ު ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށެވެ. އެޗް4 ( ޑޮކްޓަރުންނާއި […]
މަލިކަށް ޖެއްސި ފުރަތަމަ ސީޕްލޭނަކަށް މޯލްޑިއަން ސީޕްލޭން
އަވަށްޓެރި މަލިކަށްޖެއްސި ފުރަތަމަ ސީޕްލޭނެއްގެ ގޮތުގައި ދިވެހި ގައުމީ އެއަރލައިން މޯލްޑިވިއަން ސީ ޕްލޭން އިއްޔެ މަލިކަށް ޖައްސައިފިއެވެ. މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިޔާގެ މަލިކަށް ދިވެހި ފަޅުވެރިންނާއެކު ގައުމީ އެއާލައިން ކުރި މި ދަތުރަކީ ތާރީޚީ ދަތުރެއްކަމަށެވެ. މޯލްޑިވިއަނުން ބުނީ މަލިކުގައި ސީޕްލޭން މަޑުކޮށްލީ އިންޑީއާގެ ސްޕައިސް ޖެޓްގެ ޗާޓާ ދަތުރެއްގައި އިންޑިއާގެ އަހްމަދު އާބާދަށް ދިއުމުގެ މަގުމަތީގައެވެ. މީގެ ކުރިން މަލިކަށް އެއްވެސް އެއަރލައިނެއްގެ ބޯޓެއް ޖެއްސި ކަމަށް ތާރީޚުން ނުދައްކާކަމަށް ވެސް […]
ސިވިލް ސާރވިސް މުއައްޒަފުންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި
ހިޔާ މަޝްރޫއުގެ ދަށުން ސިވިލް ސާރވިސް މުއައްޒަފުންނަށް ޚާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން މިއަދު އާންމުކޮށްފި އެވެ. ފްލެޓްތަކުގެ މައްސަލަ ބަލާކޮމިޓީން ބުނީ ސިވިލް ސަރވިސްކެޓަގަރީއަށް ޕޮއިންޓް ދީފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ 15ގެ ނިޔަލަށް ޚިދުމަތްކޮށްފައިވާ މުއްދަތާއި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް ބަލާފައިއެވެ. ފްއިންޓް ދީފައިވާ މިންގަންޑު ވެސް ވަނީ ވަގުތީލިސްޓާއެކު އާންމުކޮށްފައެވެ. މި ކެޓަގަރީއަށް ފޯމު ހުށައެޅި ފަރާތެއް ފްލެޓް ތަޅުދަނޑި ލިބުމުގެ ކުރިން […]