ހިމާޔާތްކޮށްފައިވާ ދޫންޏެއް ބެލެޓުމުގެ ހުއްދަ މީހަކަށް ދީފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫޏެއް ވަގުތީގޮތުން ބެލެހެއްޓުމުގެ ހުއްދަ އެންވަޔަމަންޓް ޕްރޮޓަކްޝަން އެޖެންސީ ( އީފީއޭ) އިން މީހަކަށް ދީފިއެވެ.

ހިމާޔަތްކޮށްފައިވާ ދޫނީގެ ތެރެއިން ހިމެނޭ ކުރަނގި ނަމަކަށްކިޔާ މި ދޫނި ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ގއ. ގެމަނަފުށީ އަހުމަދު އައްޒާމް އާދަމް އާއެވެ.

ދޫނި އޭނާއާ ހަވާލުކޮށްފައިވަނީ އަނިޔާވެފައި ވަނިކޮށް އެ ސަލާމަތްކޮށް އޭތި ގެންގުޅެން އޭނާ އެދުމުން ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން އަޒާމަށް މި ދޫނި ބެލެހެއްޓުމުގެ ހުއްދަ ދީފައިވާތީ އޭނާ ވަނީ އެކަމާ ޝުކުރުއަދާކޮށް އީޕީއޭއިން އޭނާ އަށް ފޮނުވާފައިވާ ސިޓީއެއް ޓްވީޓް ކޮށްފައެވެ.

“ ގާނޫނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރާއްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު9ގެ ދަށުން ހިމާޔަތްކޮފައިވާ ކުރަނގިއެއް އަނިޔާވެ ފިޔަގަނޑު ބިނދިފައިވަނިކޮށް ސަލާމަތްކޮށް ދޫނި ’ރިހެބިލިޓޭޓް‘ ކުރުމަށް ތިޔަފަރާތުން ވޮލަންޓިއަރ ކޮށްފައިވާތީ މި ދޫނި އަމިއްލައަށް އުޅުމުގެ ގާބިލްކަން ލިބެންދެން ދޫނި ބަލަހައްޓާ ގެންގުޅުމުގެ ވަގުތީ ހުއްދަ ތިޔަފަރާތަށް ދީފައިވާކަން ދަންނަވަމެވެ.“ އީޕީއޭއިން އައްޒާމަށް ފޮނުވި ސިޓީގައި ވެއެވެ.

ދޫނީގެ ހާލު ރަގަޅުވެ އެކަނި އުޅެވޭވަރުވުމުން ވެޓެރިނަރީ ޑޮކްޓަރުގެ ލަފައާއެކު ދޫނީގެ ގުދުރަތީ މާހައުލަށް ލަސްވުމެއްނެތި ދޫކުރުމަށް ވެސް އީޕީއޭގެ ސިޓީގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް