ސާފުތާހިރުކަން ކުޑަވުމުން އައިޖީއެމްއެޗްގެ ކެންޓީން ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ)ން ބަލާ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ އައިޖީއެމްއެޗްގައި ހިންގަމުންއަންނަ ސަންސެޓް ހައުސް ކެންޓީން ބަންދުކޮށްފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ކެންޓީން ބަންދުކޮށް އެތާގައި އެޗްޕީއޭއިން ތަތްކޮށްފައިވާ ނޯޓިސްގައި ވާގޮތުން އެތަން ބަންދުކޮށްފައިވަނީ ޚިދުމަތް ލިބިގަންނަ މީހުންނަށް ކާބޯތަކެތީގެ ޒަރީއާއިން ކުރިމަތިވެދާނެ ސިއްޚީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަމަލުކުރާ ގަވާއިދު“ ކާބޯތަކެތީގެ ޚިދުމަތް ދިނުުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު“އާ ޚިލާފުވެގެންކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތްހޯދަމުންދާ މި ކެންޓީންގައި ނޯޓިސް ތަތްކޮށްފައިވާ މުއްދަތުގައި ކާބޯތަކެތީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށް ވެސް އެ ނޯޓިސްގައި ވެއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާގުޅިގެން އެޗްޕީއޭއިން އަންނަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފްތާހިރުކަމުގެ މިންގަޑުތައް ވަރުގަދަކޮށް އެފަަ ތަންތަނުން ގަވާއިދާ ޚިލާފަށް އަމަލުކުރޭތޯ ބަލައި ޗެކްކުރަމުންނެވެ.

އަމިއްލަ ހޮސްޕިޓަލް ތަކުގެ ތެރެއިން އެންމެ ހޮސްޕިޓަލްގައި އޭޑީކޭގައި ހިންގަމުންއަންނަ ފުޑްކޯނާ ރެސްޓޯރަންޓް ވެސް ސާފުތާހިރުކަމުގެ މިންގަނޑާ ޚިލާފްވެގެން މިދިޔަ މަހު ވަނީ ބަންދުކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް