ހިޔާ ފްލެޓްތަަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު މުއްދަތެއް ދީފި

Loading

Facebook
Twitter
WhatsApp

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްކަމަށްވާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްލިބުނު ފަރާތްރަކުގެ ވަގުތީލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ އިތުރު މުއްދަތެއް ދީފިއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާކޮމިޓީން ނެރެފައިވާ އިއުލާނުގައިވާގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓްލިބުނު މީހުންގެ ވަގުތީ ލިސްޓް އިއުލާންކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން އެޗް4، އެޗް5، އެޗް6، އެޗް7 އެޗް8 އެޗް 9، އަދި އެޗް 10ގެ ”ދިރިއުޅުމުގެ ހާލަތ“ު ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށެވެ.

އެޗް4 ( ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ)

އެޗް5 ( ޓީޗަރުންނަށް ޚާއްސަ )

އެޗް6 ( އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ)

އެޗް7 ( 18 އަހަރާއި40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ)

އެޗް8 ( މާލޭ ރަށްވެހިންނަށް ޚާއްސަ )

އެޗް9 ( މާލޭ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްސަ)

އެޗް10 ( ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ)

 

ކޮމިޓީން ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ތިނެއް ޖަހަންދެން އޮންނާނެކަމަށެވެ.

އެ ކޮމިޓީން ބުނި ގޮތުގައި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވަނީ އެ ބަޔަށް ޕޮއިންޓް ދިނުުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް އެކުލަވާލުމަށްފަހު، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ގޮސް ހާލަތުބެލުމަށްފަހު ހަމަހަމަ އުސޫލަކުންނެވެ.

މި ޕޮއިންޓްތައް ދެނީ ހާލަތު ބެލުމަށް ދާ ޓީމަށް ފޯމު ހުށަހެޅިފަރާތުން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާލަތު ފޯމުގައި ބައިތަކަށްކަމަށާ، ދިރިއުޅުުގެ ހާލަތު ބަލާ ފޯމުގައި ފޯމު ހުށަހެޅިފަރާތާއި ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށް ދާ ޓީމުގެ ދެ މީހަކު ސޮއިކުރާގޮތަށް ކަނޑައަޅާފައިވާ ކަމަށް ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ބުނެއެވެ.

އަދި މީގެ އިތުރުން ފޯމު ހުށަހެޅިފަރާތުން ދިރިއުޅުމުގެ ހާލަތާބެހޭ މައުލޫމާތު ދިނުމަށް އުޒުރުވެރިވާ ހާލަތުގައި އެ ފަރާތުގެ ބަދަލުގައި މައުލޫމާތު ދޭނެ ފަރާތެއް ހަމަޖައްސައި އެކަން ލިޔުމުން ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އަށް ހުށަހެޅުމުން ބަދަލުގައި މައުލޫމާތު ދޭނެ ފަރާތަށް ގުޅައި ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާކަމަށް ވެސް އެ ކޮމިޓީން ބުނެއެވެ.

އެކޮމިޓީން ވަނީ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލައިފައިވާ މިންގަނޑުވެސް އާންމުކޮށްފައެވެ.

ހިޔާ މަޝްރޫއުގައި ފްލެޓްލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާން ކުރުމަށް ނިންމާފައިވަނީ ހުށަހަޅާ ހުރިހާ ޝަކުވާ އެއް ބެލުމަށްފަހު އެޝަކުވާތަކަށް ލިޔުމުން ޖަވާބު ދިނުމަށްފަހު ކަމަށް ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް