އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް ވެކްސިން ދިނުމަށް ތައްޔާރުވަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިން އަވައްޓެރި ގައުމުތަކަށް ފޮނުވަން ތައްޔާރުވާން ފަށައިފިއެވެ.

އިންޑިއާގެ ފޮރިން ސެކެޓްރީ ހާޝް ވަރުދާން ޝްރިންގްލާ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުން އެގައުމުގައި ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން އިންޑިއާ އާއި ގުޅުން އޮންނަ އަވައްޓެރި ގައުމުތަކަށް ފޯރުކޮށްދިނުމަށް މިހާރު ވަނީ ތައްޔާރު ވެފައެވެ.

އަވައްޓެރި ބައެއް ގައުމުތަކުން އިންޑިއާއިން ކޮވިޑް ވެކްސިން ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އޭގެ ތެރޭގައި ސްރީ ލަންކާ، ނޭޕާލް، ބޫތާން ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތައް ހިމެނެއެވެ.

އިންޑިއާއިން ހާމަކުރާގޮތުގައި އަވައްޓެރި ގައުމުތަކަށް ވެކްސިން ވިއްކާއިރު ބައެއް ޝިޕްމަންޓްތައް ހަދިޔާއެއްގެ ގޮތުގައި ވެސް އަވައްޓެރި ގައުމުތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއިން ހާމަކޮށްފައިވާ ގޮތުންް މި މަހު މެދެއްހާ ހިސާބު އެގައުމުގެ ރައްޔިތުންނަށް އާންމު އުސޫލުން ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ފަށާނެއެވެ. އެގައުމުގެ އަމާޒަކީ 300 މިލިއަން މީހުންނަށް މި ވެކްސިން ޖުލައި މަސް ނިމުމުގެ ކުރިން ދިނުންކަމަށް ވެސް އެގައުމުން ހާމަކުރެއެވެ.

އިންޑިއާއިނ ކޮވިޑް19 އަށް ވެކްސިން އަވައްޓެރި ގައުމުތަކަށް ފޮނުވަން ހަމަޖެހިފައިވާއިރު ރާއްޖެއަށް  އިންޑިއާގެ ވެކްސިން ގެންނަކަމެއް އަދި ނޫންކަމެއް އަދި މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް