ފަނޑިޔާރު މުޖުތާޒު ފަހުމީ އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

ސްޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލް އުސަތާޒު މުުޖުތާޒު ފަހުމީ އަވަހާރަވެއްޖެ އެވެ.

އެމަނިކުފާނު އަވަރަވީ ކޯވިޑް-19 އަށް ޕޮޒިޓްވެ ހާލުދެރަވުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ މެންދަމުގެ ވަގުތެެއްގައެވެ.

މުޖުތާޒު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ލ. އަތޮޅުގައި ޗުއްޓީ ހޭދަކޮށްލައްވަން ވަޑައިގެން ހޯމް ކަރަންޓީންގައި ހުންނަވަނިކޮށް ކޮވިޑްގެ އަލާމާތްތައް ފެނި ޓެސްޓްކުރުމުންކަމަށް ވެއެވެ.

އެމަނިކުފާނު މާލެ ގެނެސް ދަރުމަވަންތަ ހޮށްޕިޓަލްގައި ފަރުވާދޭން ފެށީ  ލ.ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީގައި ހުންނެވުމަށްފަހު ހާލު ދެރަވެގެންނެވެ.

އަވަހާރަވިއރު އެމަނިކުފާނުގެ އުމުރުފުޅަކީ 60 އަހަރެވެ. އެމަނިކުފާނުގެ ކަށުނަމާދު އޮންނަނީ ކޮވިޑް-19ގެ ޕޮޒިޓިވްވާ މީހުންގެ ކަށުކަމާގެ ކެމީގެ ކަންތައްތައް ކުރުމަށް ހަމަޖެހިފައިވާ ސަހަރާކަމުގައިވާ ހުޅުމާލެ ސަހަރާގައި މިއަދުގެ 11:30 ގައެވެ.

އުސްތާޒު މުޖުތާޒު ފަހުމީއަކީ ގިނަ ދުވަސްތަކެއް ވަންދެން ޝަރުއީދާއިރާގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީރާއްޖޭގައި ސްޕްރީމް ކޯޓު 2008 ވަނަ އަހަރު ސެޕްޓެމްބަރުގައި ގާއިމްކުރިއިރު އެ ކޯޓުގެ ފަޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭގެ ފަހުން 2010 އޮގަސްޓް މަހުގެ ނިޔަލަށް އެމަނިކުފާނުވަނީ ސްޕްރީމްކޯޓުގެ ފަޑީޔާރުކަން ވެސް ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް