އެމެރިކާ ސަފީރު މުހިންމު މަޝްވަރާތަަކަކަށް ރާއްޖެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

އެމެރިކާއިން ރާއްޖެއަށް ކަނޑަައަޅާފައި ހުންނަ ސަފީރު އެލެއިނާ ބީ ޓެޕްލިޓްޒް މުހިންމު މަޝްވަރާތަކަކަށް ރާއްޖެއަށް މިއަދު ވަޑައިގަންނަވައިފި އެވެ.

ސަފީރު ޓެޕްޒިލް ވަނީ ރާއްޖެ ވަޑައިގެން މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓްވީޓްކުރައްވާ ފައެވެ.

އެކަމަނާ ފޮޓޯޓްވީޓްކުރައްވާ ވިދާޅުވީ މިހަފްތާތެރޭގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެކަމަށެވެ.

އެގޮތުން މިނިވަން އަދި ކުރިއަރައިދާ ތިޔާގި ގައުމެއް ބިނާކުރުމާބެހޭ މުހިންމު މަޝްވަރާތަކެއް ކުރައްވާނެކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މިއަދުގެ ވަގުތެއްގައި ސަފީރު ޓެޕްޒިލް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެމެރިކާ ސަރުކާރުން 310 މިލިއަން ރުފިޔާގެ ހިލޭއިެހީއެއް ނިމިދިޔަ އަހަރު ވަނީޫ ދީފައެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާސަފީރެއްގެ ގޮތުގައި އެލީނާ ބީ ޓެޕްޒިލް ހަމަޖެއްސީ 2018 ވަނައަހަރުގެ އޮކްޓޯބަރުމަހުގައެވެ. އެކަމަނާ ސަފީރުކަމަށް އައްޔަންކުރިފަހުން ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ސަފީރު ޓެޕްޒިލް އަކީ ރާއްޖޭގެ އިތުރުން ސްރީލަންކާއަށް ވެސް އެމެރިކާގެ ފަރާތުން ކަނޑައަޅާފައި ހުންނަ ސަފީރެވެ. އެކަމަނާ ހުންނަވަނީ ސްރީލަންކާގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް