މާލޭސިޓީގެ ގެ އެއްގައި ގޭސްފުޅިއެއްގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ފިހިއްޖެއެވެ.
އެންއެންޑީއެފުން ބުނީ މިހާދިސާ ހިނގާފައިވަނީ ހ. ތިންނޫނުގޭގެ ފަސް ވަނަ ފަންގިފާލާގައި ކަމަށެވެ. މިހާދިސާގައި ފިހުނު ދެ މީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެމްއެންޑިއެފުން ބުނެއެވެ.
މިދާސާގައި އެ މީހުންނަށް ލިބުނީ ކިހާވަރެއްގެ ގެއްލުމުެއްކަމެއް އަދި ހާމަނުކުރެއެވެ. އެމްއެންޑިއެފުން ބުނީ ހާދިސާގައި ފިހިފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ.
އެންޑީއެފުން ބުނީ މިހާތަނަށް ބެލިބެލުމުން މި އަލިފާނުގެމިހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅިއާ ގުޅާފައިހުންނަ ނަޓް ދޫވެގެން ގޭސްލީކުވެގެން ކަމަށް ބެލެވޭކަމަށެވެ.
އަލިފާނުގެ މިހާދިސާ މައުލޫމާތު އެގޭމީހުން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ގޭގައި ރޯވި އަލިފާން ނިއްވުމަށްފަހު ހޮސްޕިޓަލަށް ދަމުންކަމަށް ވެސް އެންއެންޑީއެފުން ބުނެއެވެ.