އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަ ތަކެއް އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމް ސާރވިސް އިން ބުނީ އޮޅުވާލައިގެން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ރާއްޖެއިން ބޭރުކުރަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އިއްޔެ މި ތަކެތި އަތުލައިގަނެ ތަހުގީގު ފަށައިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި ރާއްޖެއިން ބޭރުކުރަން އުޅުނީ ލޮނުމަސް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެންކަމަށެވެ. އެ ޝިޕްމަންޓްގެ ތެރޭގައި ހުރި ފޮށިތަކުގެ ތެރެއިން 21ފޮށިގަޑެއްގައި މިޔަރު އުރަހަ ހުރިކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މިތަކެތި ބޭރުކުރަން އުޅުނީ ކޮންބައެއްގެ އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

މިޔަރު މަސްވެރިކަން ކުރުމަކީ ރާއްޖޭގައި މަނާކަމެކެވެ. މިޔަރު މަސްވެރިކަން ރާއްޖޭގައި 1995 އިން ފެށިގެން އެކިސަރަހައްދުތަކުގައި ކުރުން މަނާކުރަމުން ގޮސް އެންމެ ފަހުން މުޅިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުން މަނާކުރީ މިހާރުގެ މަޖިލިސް ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް