މޯލްޑިވެސް ކޮމިޔުނިޓީ ޕާޓީ އުފެއްދުމަށް މެމްބަރުން ހަމަވެ ހުށަހަޅަން ވެފައި ވަނީކޮށް އީފާހަށް ބަދަލުކޮށްލުމުން ބޮޑު ގެއްލުމަކާއި ލަސްތަކެއް –- ޝަރީފް

އެ ޖަމާޢަތް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތާއި ބެހޭގޮތުން އެ ޖަމާޢަތުގެ ވަގުތީ ސެކެޓެރީ ޖެނެރަލް އަޙުމަދު ޝަރީފު ވިދާޅުވީ ޕާޓީ އުފެއްދުމަށް އިލެކްޝަން ކަމިޝަނުން ހުއްދަ ދެއްވީ މިދިޔަ ނޮވެމްބަރު 13 ގައި ކަމަށާއި އަދި 3 މަސްދުވަހުގެ ތެރޭގައި މަދުވެގެން 3000 މީހުން ހަމަކުރުމަށް ދިން މުޙުލަތުގައި މަސައްކަތް ކުރަމުންގޮަސް 3500 މެމްބަރުނާއި ގާތަށް މެމްބަރުން ލިބި ފޯމްތައް ޗެކްކޮށް ފައިނަލް ސްޓޭޖްގައި ވަނިކޮށް ޑިސެމްބަރ މެދެއްހާތަނުގައި އީ.ސީ އިން ދެން ފޯމްގެ ޒަރީޢާއިން އެއްވެސް […]
ކްލައިމެޓް އިމަރޖެންސީ ބިލު ތަސްދީގު ކުރައްވައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކްލައިމެޓް އިމަރޖަންސީ ބިލު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ މިދިޔަ މަހު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ކުލައިމެޓް އެމަރޖެންސީގެ ޤާނޫނު މިއަދު ވަނީ ގެޒެޓް ކޮށްފައެވެ. ކްލައިމެޓް އިމަރޖަންސީ ގާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒު ކުރަންޖެހޭ […]
މަޖިލީހަށް ނުރައްކަލެއް އޮތްކަމަށް ބަލައި ސެކިއުރިޓީ ވަރުގަދަކޮށްފި

ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ލިބުމުން ކަމަށްބުނެ މަޖިލިސް އިދާރާ ހުންނަ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ން ބުނީ މަޖިލީސް އިދާރާއަށް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށާއި އެކަމާގުޅިގެން މަޖިލިސް އިމާރާތާއި އެ އިމާރާތް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަމަށެވެ. މަޖިލީހުގެ ޖަލްސާ އެއް އިއްޔެ ކުރިއަށްދިޔަ ދަނިކޮށް އެ ޖަލްސާ ފޭސްބްކްން ލައިވް ކުރަމުން ދަނިކޮށް އެ އަށް ކޮމެންޓް […]
މާލެ ސިޓީ ކައުންސިލްގެ ހުވާ ކުރުން އޮންލައިންކޮށް

މާލެސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެފައިވާ ފަރާތްތަކުގެ ހުވާކުރުމުގެ ރަސްމިއްޔާތު ސަލްޓަންޕާކުގައި ބޭއްވުމަށް އިއުލާން ކުރުމަށް ފަހު އެ ނިންމުން ބަދަލު ކޮށް އޮންލައިންކޮށް ބޭއްވުމަށް ނިންމައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުގެ މެންބަރުންގެ ހުވާ ކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިގްރާރުވުން ކުރިއަށް ދާނީ މާދަމާ ހެނދުނު އޮންލައިންކޮށް ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް […]
ހިޔާ މަޝްރޫއު: ގުރުއަތު ނެގުން މާދަމާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ފްލެޓް ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން މާދަމާ ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ. އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީ އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލައި އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ […]
ސައުދީން ހަދިޔާކުރި ކަދުރު ބަހާނެ އުސޫލު އާންމުކޮށްފި

ރޯދަ މަހު ބެހުމަށް ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހާނެ އުސޫލު އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސައޫދީ ސަރުކާރުން ރާއްޖެއަށް 25 ޓަނު ކަދުރު ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ 12500 ޕެކެޓްކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ ކަދުރުބެހުމުގެ އުސޫލުގައިވާގޮތުން މި ފަހަރު ކަދުރު ބެހުމަށް ހަމަޖައްސާފައިވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10،944 މީހުންގެ ތެރެއިން ކޮންމެ ފަގީރަކަށް ޕެކެޓެކެވެ. މީގެ އިތުރުން […]
ކުޅުދުއްފުށީ ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގައި ހަދަން ފަށާފައިވާ 105 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހައުސިން ޔުނިޓްތައް ނިންމުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. ދޮންބެޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ. މި ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް […]
ރޯދަމަހު ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކް ހުޅުވާފައި ހުންނަ ގަޑިތައް ކަނޑައަޅައިފި

ކުރިއަށް އޮތް ރޯދަމަހު ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކް ހުޅުވާފައި ހުންނާނެ ގަޑިތައް މާލެ ސިޓީކައުންސިލުން ކަނޑައަޅައިފިއެވެ. ސިޓީކައުންސިލުން ބުނީ ޕާކްތައް ހުޅުވާފައި ހުންނާނެ ގަޑިތައް ކަނޑައަޅައިފައިވަނީ ރޯދަމަހާއި އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތްދުވަސް ހިމަނައިގެންނެވެ. ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ރޯދަ މަހު ހުޅުވާފައި ބަހައްޓަނީ ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން 5:45 އަށް އަދި ރޭގަނޑު ނުވަޔަކުން 11 އާއި ހަމައަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މާލޭގައި ދެންހުރި ޕާކުތަކާއި މައިޒާންތައް […]
އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން މިއަދު އިތުރުކޮށްފިއެވެ. ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރި ލުމުގެ މުއްދަތު އިތުރުކުރީ މެންބަރުކަމަށް ކުރިމަތިލުމަށް ކުރިން ހުށަހަޅަފައިވާ ތާރީޚުކަމުގައިވާ މި މަހު 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ ކަމަށެވެ. އެޗްއާރުސީއެމްއަށް ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފައިވަނި މިމަހުގެ 15ވަނަ ދުވަހުގެ […]
ހިޔާ މަޝްރޫއު: ފަންނީ ކެޓަގަރީން ފްލެޓް ދޫކޮށްލުމަށް ހުޅުވައިލައިފި

ހިޔާ މަޝްރޫގެ ފަންނީ ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ދޫކޮށްލައި ބަދަލުގައި ސަރުކާރުގެ ކުރިއަށް އޮތް މަޝްރޫއަކުން ފްލެޓް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލައިފި އެވެ. ފަންނީ ކެޓެގަރީގައި ހިމެނެނީ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ހާއްސަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީގައި ހިމެނޭ މީހުންނެވެ. ހައުސިން މިނިސްޓްރީން ބުނީ ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓްގެ ބަދަލުގައި […]