ސައުދީން ހަދިޔާކުރި ކަދުރު ބަހާނެ އުސޫލު އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

ރޯދަ މަހު ބެހުމަށް ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހާނެ އުސޫލު އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައޫދީ ސަރުކާރުން ރާއްޖެއަށް 25 ޓަނު ކަދުރު ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ 12500 ޕެކެޓްކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ ކަދުރުބެހުމުގެ އުސޫލުގައިވާގޮތުން މި ފަހަރު ކަދުރު ބެހުމަށް ހަމަޖައްސާފައިވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10،944 މީހުންގެ ތެރެއިން ކޮންމެ ފަގީރަކަށް ޕެކެޓެކެވެ.

މީގެ އިތުރުން ކަދުރު ބަހަން ނިންމާފައިވަނީ ކުޑަކުދިންގެ ހިޔާ އަށާއި ފިޔަވަތި އަދި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެސިޓީގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބަހާނީ އެ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައި ކަމަށެވެ.

މާލެ ސިޓީ ފިޔަވައި އެހެނިހެން ރަށްރަށުގައި ކަދުރު ބަހަން ހަމަޖައްސާފައިވަނީ ކައުންސިލްތަކުން ކަނޑައަޅާގޮތެއްގެ މަތިންކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަހަންފަށާނީ އާންމު އިއުލާނެއް ކުރުމަށްފަހުކަމަށެވެ.

ސައުދީން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. ހަދިޔާ ކުރާ ކަދުުރު ކޮންމެ އަހަރަކުވެސް ރައްޔިތުންނަށް ބަހާއިރު ކަދުރު ބަހަނީ ފަގީރުންނަށް އިސްކަންދީގެންނެެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް