ރޯދަމަހު ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކް ހުޅުވާފައި ހުންނަ ގަޑިތައް ކަނޑައަޅައިފި

41

 

ކުރިއަށް އޮތް ރޯދަމަހު ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކް  ހުޅުވާފައި ހުންނާނެ ގަޑިތައް މާލެ ސިޓީކައުންސިލުން ކަނޑައަޅައިފިއެވެ.

ސިޓީކައުންސިލުން ބުނީ ޕާކްތައް ހުޅުވާފައި ހުންނާނެ ގަޑިތައް ކަނޑައަޅައިފައިވަނީ ރޯދަމަހާއި އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތްދުވަސް ހިމަނައިގެންނެވެ.

ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ރޯދަ މަހު ހުޅުވާފައި ބަހައްޓަނީ ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން 5:45 އަށް އަދި ރޭގަނޑު ނުވަޔަކުން 11 އާއި ހަމައަށް ކަމަށް  ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގައި ދެންހުރި ޕާކުތަކާއި މައިޒާންތައް މިހާރުވެސް އޮންނަގޮތަށް އާއްމުކޮށް ހުޅުވާފައި ހުންނާނެކަމަށް އެކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ޕާކުތަކާއި މައިޒާންތައް ހުޅުވާލުމަށް ނިންމީ ކޮވިޑް-19ބަލިމަޑުކަމާ ގުޅިގެން އުފެދިފައިވާ ހިތްނުތަނަވަސްކަމާއި ކަންބޮޑުވުން ކުޑަކޮށް މާލޭގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

ޕާކްތަކުގައި އުޅޭއިރު ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް މާލޭސިޓީކައުންސިލުން އިލްތިމާސްކުރެއެވެ.

2 ހިޔާލުތައް

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ