ކުޅުދުއްފުށީ ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ހދ. ކުޅުދުއްފުށީގައި ހަދަން ފަށާފައިވާ 105 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހައުސިން ޔުނިޓްތައް ނިންމުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ.

ދޮންބެޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ.

މި  ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ޕްލޭނިން މިނިސްޓްރީން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އަދި އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި 105 ހައުސިން ޔުނިޓްތަކުގައި ނިންމުމަށް ކުރަން ހުރި އެންމެހާ މަސައްކަތްތައް އެކުންފުނިން ކުރަންޖެހޭނެއެވެ.

މި  ފްލެޓްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް އެ ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުންކަމަށެވެ.

ކުޅުދުއްފުށީގައި 105 ހައުސިން ޔުނިޓް އިމާރަތްކުރަން ފަށާފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް 2014 ގައި ވަނީ އެ މަސައްކަތް ހުއްޓިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް