ހިޔާ މަޝްރޫއު: ފަންނީ ކެޓަގަރީން ފްލެޓް ދޫކޮށްލުމަށް ހުޅުވައިލައިފި

Loading

Facebook
Twitter
WhatsApp

 

 

ހިޔާ މަޝްރޫގެ ފަންނީ ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ދޫކޮށްލައި ބަދަލުގައި ސަރުކާރުގެ ކުރިއަށް އޮތް މަޝްރޫއަކުން ފްލެޓް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

ފަންނީ ކެޓެގަރީގައި ހިމެނެނީ H4  ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ހާއްސަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީގައި ހިމެނޭ މީހުންނެވެ.

ހައުސިން މިނިސްޓްރީން ބުނީ ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓްގެ ބަދަލުގައި އާ ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގައި ބޯހިޔާވަހިކަން ހޯދައިދިނުގެ ބޭނުމުގައި ކަމަށެވެ.

މިހުޅުވާލެވޭ ފުރުސަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫއުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ ފްލެޓްތަކަކަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ފަންނީ މީހުންގެ ތެރެއިން ހިޔާ ފްލެޓްތައް ދޫކޮށްލަން ބޭނުންވާ ފަރާތްތައް މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީއަށް އެންގުމަށް އެ މިނިސްޓްރީން އެދެއެވެ.

ހިޔާ ފްލެޓް ދޫކޮށްލާ މީހުންނަށް ކުރިއަށް ހުރި މަޝްރޫއުތަކުން ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަމަހުގެ 31 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން ފާސްކޮށްފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފްލެޓްދޫކޮށްލުމަށް އެދޭ ފަރާތްތަކަށް، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން އެކަށޭނެ ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ސަރުކާރަށް ހުށައެޅުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް