އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމުގެ  މުއްދަތު ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން މިއަދު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރި ލުމުގެ މުއްދަތު އިތުރުކުރީ މެންބަރުކަމަށް ކުރިމަތިލުމަށް ކުރިން ހުށަހަޅަފައިވާ ތާރީޚުކަމުގައިވާ މި މަހު 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ ކަމަށެވެ.

އެޗްއާރުސީއެމްއަށް ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފައިވަނި މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.

މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މި މަހު 14 އަދި 15 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ތިބެނީ ފަސް މެންބަރުންނެވެ. އެ ކޮމިޝަނުގައި މިހާރު ތިއްބަވަނީ ހަތަރު މެންބަރުންނެވެ. އެއީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މުއުމިނާ ވަހީދާއި، ޑރ. އަހްމަދު އަދުހަމް އަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް