އެފް އީ ޓީ އޯ އާއި ގުޅުންހުރި ތުރުކީގެ ކުރީގެ ސިފައިންގެ 94 މީހަކު ބަންދުގައި އިތުރަށް ބަހައްޓަން ނިންމައިފި

2016 ވަނަ އަހަރު ނާކާބިޔާބު ކޮށްލެވުނު ބަޣާވަތުގެ ފަހަތުގައި ތިބި ފެޓުއްލާ ޓެރަރިސްޓު އޯގަނައިޒޭޝަން (އެފް އީ ޓީ އޯ) އާއި ގުޅުންހުރި، ތުރުކީގެ ކުރީގެ ސިފައިންގެ 94 މީހަކު ބަންދުގައި އިތުރަށް ބޭތިއްބުމަށް ނިންމައިފައިވާ ކަމަށް ޝަރުއީ ދާއިރާގެ މަސްދަރަކުން ބުނެފިއެވެ.  މި މީހުންނަކީ އިސްތަންބޫލް ހިމެނޭގޮތަށް 34 ޕްރޮވިންސުގައި ހިންގި ނިރުބަވެރި ހަރަކާތްތަކާއި ދެކޮޅަށް 2016 ވަނަ އަހަރު ސެޕްޓެންބަރުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ކުރީގެ ސިފައިންގެ 131 މީހުންގެ ތެރޭގައި ހިމެނޭ ސިފައިން […]

އިންޑިއާގެ ދަނޑުވެރިންނަށް ކޮވިޑު-19ގެ ބަލިމަޑުކަމުގެ ހޫނު އިހްސާސް ކުރެވެންފަށައިފި

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ދަށުގައި ތިބިނަމަވެސް، މޫސުން ރަނގަޅުވުމުގެ ސަބަބުން ދަނޑުވެރިކަމަށް ލިބުނު ކުރިއެރުމާއެކު އިގުތިސާދަށް އައި ހެޔޮބަދަލު އިންޑިއާގެ ދަނޑުވެރިންނަށް ފާހަގަކުރާނެ ފުރުސަތެއް ނުލިބުނެވެ. ސަބަބކީ ސިޓީތަކަށް ހިޖުރަކޮށްގެންތިބި ގިނަ މީހުން އެނބުރި އައުމުން އެމީހުންގެ ދިރިއުޅުން ހަމަޖެއްސުމުގެ ޕްރެޝަރާއި ކުރިމަތިލާން ޖެހުމުންނެވެ.  ތަޖުރިބާ ކާރުން ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑު-19 އާއިހެދި ވަޒީފާ ގެއްލުނު ފަރާތްތައް އެނބުރި އަވައްތަކަށް އައުމުން، އެމީހުންނަށް ވަޒީފާ ދޭންޖެހުމާއި، ދަނޑުވެރިން ހައްދާތަކެތި ދަށް އަގުގައި ވިއްކުމަށް މަޖުބޫރު ވުމުގެސަބަބުން […]

ނެޓްފްލިކްސް އިން ސައޫދީއަށް އެލް ޖީ ބީ ޓީ ކިއު އާއިބެހޭ ވާހަކަ ހުންނަ ފިލްމު ދެއްކޭ. އެކަމަކު އެމް ބީ އެސް އަށް ފާޑުކިޔާ ފިލްމެއް ނުދެއްކޭ.

އިސްލާމްދީނަށް ލޯބިކުރާ އަދި ދީނުގެ ހަމަތަކުގައި ހިފަހައްޓައިގެން ތިބޭ ގިނަބަޔަކު އިުޅޭ ސައުދީ އަރަބިއްޔާގައި ”ކުއާ އައި“، ”ސެކްސް އެޑިއުކޭޝަން“ އަދި ”އޮރެންޖު އޒް ދަ ނިއު ބްލެކު“ ފަދަ ފިލްމުތައް ދެއްކުމުގެ ހުއްދަ، މުހައްމަދު ބިން ސަލްމާން (އެމް ބީ އެސް) ވަނީ ދީފައި ކަމުގައި ނެޓްފްލިކްސް ގެ ކޯ- ސީ އީ އޯ ރީޑު ހޭސްޓިންގ ވަނީ ބުނެފައެވެ. މި ފަދަ ފިލްމު ތަކަކީ އަންހެން ކުޅިއާއި، ފިރިހެންކުޅިއާއި، ދެޖިންސުގެ ގުޅުންތަކާއި، ވަކި ޖިންސެއްނުވަތަ […]

އިންޑިއާގައި ބަލި ފެތުރުން އިތުރުވެ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ފަސްމިލިއަނަށް އަރާފައި ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ފެރީގެ ޚިދުމަތް ފަށަނީ.

އެމެރިކާއަށްފަހު ފަސްމިލިއަން މީހުންނަށް ކޮވިޑު-19 ޖެހުނު ދެވަނަ ގައުމަކަށް އިންޑިއާ ވަނީ ވެފައެވެ. އިންޑިއާގައި ކޮރޯނާވައިރަސް ޖެހުނުމީހުްގެ އަދަދު 5 މިލިއަނަށް އަރާފައިވާ ކަމަށާއި 24 ގަޑިއިރު ތެރޭ 90,123 ވޭދަނަ (ކޭސް) ފެނިފައިވާ ކަމަށް މިދިޔަ ބުދަ ދުވަހު އިންޑިއާގެ ފެޑެރަލް މިނިސްޓްރީ އޮފް ހެލްތުން ރިޕޯޓު ކޮށްފިއެވެ. . ޗައިނާހެން މީހުން ކޮންޓްރޯލްކޮށް ކޮވިޑު-19ގެ ވައިރަހާއި ހަރުދަނާކަމާއެކު ހަނގުރާމަކުރާނެ ގާބިލުކަމެއް އިންޑިއާއަކު ނެތެވެ. މީގެ މާނައަކީ އިންޑިއާގެ އެތައް ބައެއްގެ ގައިގައި ވައިރަސް ހުރެދާނެއެވެ. […]

އަރަބިން އިޒުރޭލާ ގުޅުން ގާއިމުކުރުމާއި ދިމާކޮށް އިޒުރޭލުން ގާޒާއަށް ބޮން އެޅުމުން، އިޒްރޭލަށްދޭ ހަމަލާ އިތުރުކުރާނެ ކަމަށް ހަމާސްިއިން އިންޒާރު ދީފި

ޔޫ އޭ އީ އާއި ބަހުރައިނުން އިޒުރޭލާއި ސިޔާސީ ގުޅުން ގާއިމުކުރުމާއި ދިމާކޮށް ފަލަސްތީނުން އިޒުރޭލަށް ރޮކެޓުހަމަލާއެއް ފޮނުވުމާއި ގުޅިގެން އިޒުރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުންވަނީ ގާޒާއަށް ބޮންއަޅައިފިއެވެ. މިކަމާއި ގުޅިގެން ގާޒާގެ ސަރުކާރު ކަމަށްވާ ހަމާސްއިންވަނީ އިޒްރޭލަށްދޭ ހަމަލާ އިތުރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އިޒުރޭލުންވަނީ ބަންދުކޮށްފައިވާ ގާޒާގައި ހުންނަ ހަމާސްގެ ތަންތަނަށް އަމާޒުކޮށް، އެތައް ފަހަރަކު ބޮންއަޅާފައެވެ. އިޒުރޭލުން ބުނެފައިވަނި މި ހަމަލާތަކަކި ފަލަސްތީނުން އިޒުރޭކލަށްދިން ހަމަލާގެ ބަދަލުގައި ދިން ރައްދެއްކަމުގައެވެ. އެގޮތުން ފަލަސްތީނުން ފޮނުވި […]

ރޭޕް ކުރާ މީހުންގެ ޖިންސީ އެދުންވެރިކަން ކުޑަކުރުމަށް ކެމިކަލް އޮޕަރޭޝަނެއް ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޚާން ގޮވާލައްވައިފި

ގޭންގަކުން އަންހެނަކު ރޭޕްކުރި މައްސަލައިގައި ޕާކިސްތާނުގައި އެކަމާއި ދެކޮޅަށް މުޒާހިރާކުރަމުންދާ ވަގުތެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވި ގޮތުގައި ޖިންސީ ގޯނާގެ އެންމެ ނުބައި ޖަރީމާއަށް އަދަބުދިނުމަށް އެ މުޖުރިމުން ކެމިކަލް އޮޕަރޭޝަނެއްކޮށް، ޖިންސީ ބާރު ކަނޑުވަންޖެހެއެވެ.  ލާހޫރުގެ އުތުރުގެ އަވަށެއްގައި ދުއްވަމުންދިޔަ ކާރެއް ތެޔޮ ހުސްވެގެން ހުއްޓިފައި އޮއްވައި، ކާރުގައި އިން އަންހެންމީހާ ގޭންގަކުން ރޭޕްކުރީ އޭނާގެ ކުޑަ ދެކުދިންގެ ކުރިމަތީގައެވެ. އެކަމާ ދެކޮޅު ހެދުމަށް އެތައް ސަތޭކަ އަންހެނުންނެއްވަނީ ޕާކިސްތާނުގެ މަގުތަކަށް ނުކުމެ […]

ފުރާންސުގެ ފިލްމު ކިއުޓީސް ތުރުކީގެ ސައިޓުން ނެގުމަށް ތުރުކީން ނެޓްފްލިކްސްއަށް އަންގައިފި

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ގެންނަ ކަންކަން ޕްރޮމޯޓު ކުރާ ފިލްމެއްކަމަށްބުނެ، ފުރާންސުން ތައްޔާރުކޮށްފައިވާ ފިލްމު ކިއުޓީސް ތުރުކީގެ ސައިޓުން ނެގުމަށް ތުރުކީގެ މީޑިއާގެ ކަންކަން ބަލަހައްޓާ އާރު ޓީ ޔޫ ކޭއިން ނެޓްފްލިކްސްއަށް އަންގައިފިއެވެ. އާރު ޓީ ޔޫ ކޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކިއުޓީސް ނުވަތަ ފްރާންސް ބަހުންނަމަ މިގްނޯން، ތުރުކީގެ ސައިޓުން ނެގުމަށް ނެޓްފްލިކްސްއަށް އަންގާފައިވާކަމަށެވެ. ތުރުކީގެ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޕޮލިސީން މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި “ އެ […]

ތުރުކީއާއި ތުރުކީގެ ބައިވެރިންނާއި ދެކޮަޅަށް މަސައްކަތްކުރުމަށް ގްރީކުން ޢަރަބި ބައެއް އަރަބި ގައުމުތަކުގެ އެހީހޯދައިފި

ޔޫ އޭ އީ، މިސުރު، ސައޫދީ އަރަބިއްޔާ އަދި ބަހުރައިނުން ގްރީކަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ. މިއީ ތުރުކީއާއި ދެކޮޅަށް ތިބި ދަހިވެތި ގައުމުތަކެކެވެ. ތުރުކީގެ ކަނޑުގެ ސަރަހައްދުން ވަރަށްބޮޑު ގުދުރަތީ ގޭސްވަޅެއް ތުރުކީންވަނީ ވަރަށްފަހުން ހޯދާފައެވެ. މި ހޯދުމުގެ ސަބަބުން ތުރުކީގެ އިގުތިސާދު ވަރުގަދަވެ، އެގައުމާއި އެހެން ގައުމުތަކުގައި ހާލުގައި ޖެހިފައިތިބި މުސްލިމުން ރައްކާތެރިކޮށްދެވޭނެފަދަ ބާރުގަދަ ގައުމަށް ތުރުކީ ވުމަށް މިކަމުން މަގުފަހިވެއެވެ. އެހެންނަމަވެސް، މިކަމަކީ ޔޫރަޕާއި، އުސްމާނީ ޚިލާފަތު އަނބުރާ ގެންނަން ތުރުކީން ކުރާ މަސައްކަތަަށް […]

މައްކާގައި ކީ ޚުތުބާއެއްގައި ސައޫދީ އާއި އިޒުރޭލު ސިޔާސީ ގުޅުން ގާއިމުކުރުމާއި ބެހޭގޮތުން ސުވާލުތަކެއް އުފައްދައިފި

މައްކާގެ އެންމެ މުގައްދަސް މިސްކިތުގެ އިމާމް ޝެއިޚު ޢަބްދުއްރަޙްމާން ސުދައިސް ދެއްވި ޚުތުބާއެއްގެ ސަބަބުން މީސް މީޑިއާގައި ތަފާތު ވާހަކަ ދެކެވެން ފަށައިފިއެވެ. މިގޮތަށް ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި މިއީ ސައޫދީ އާއި އިޒުރޭލު ސިޔާސީ ގުޅުން ގާއިމުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ ސުދައިސް ހުކުރު ނަމާދުގައި ދެއްވި ޚުތުބާގައި ވިދާލުވެދެއްވީ މުސްލިމުން ނޫން މީހުންނަށް ހެޔޮކޮށް ހިތައި ވާހަކަ ދައްކަންޖެހޭ ކަމަށެވެ. މިގޮތަށް ދެއްކެވި ވާހަކައިގައި ޔަހޫދީންގެ ވާހަކަ […]

ކޯވިޑް19: 58 ދިވެހިންނާއިއެކު އިތުރު 90 މީހަކު ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 90 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 12 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 78 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 58 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 32 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 8990 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2107 އެކްޓިވް ކޭސް […]