ރޭޕް ކުރާ މީހުންގެ ޖިންސީ އެދުންވެރިކަން ކުޑަކުރުމަށް ކެމިކަލް އޮޕަރޭޝަނެއް ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޚާން ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

ގޭންގަކުން އަންހެނަކު ރޭޕްކުރި މައްސަލައިގައި ޕާކިސްތާނުގައި އެކަމާއި ދެކޮޅަށް މުޒާހިރާކުރަމުންދާ ވަގުތެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވި ގޮތުގައި ޖިންސީ ގޯނާގެ އެންމެ ނުބައި ޖަރީމާއަށް އަދަބުދިނުމަށް އެ މުޖުރިމުން ކެމިކަލް އޮޕަރޭޝަނެއްކޮށް، ޖިންސީ ބާރު ކަނޑުވަންޖެހެއެވެ. 

ލާހޫރުގެ އުތުރުގެ އަވަށެއްގައި ދުއްވަމުންދިޔަ ކާރެއް ތެޔޮ ހުސްވެގެން ހުއްޓިފައި އޮއްވައި، ކާރުގައި އިން އަންހެންމީހާ ގޭންގަކުން ރޭޕްކުރީ އޭނާގެ ކުޑަ ދެކުދިންގެ ކުރިމަތީގައެވެ. އެކަމާ ދެކޮޅު ހެދުމަށް އެތައް ސަތޭކަ އަންހެނުންނެއްވަނީ ޕާކިސްތާނުގެ މަގުތަކަށް ނުކުމެ ނުރުހުން ފާޅުކޮށްފައެވެ. 

މި ހާދިސާގައި ބޮޑަށް ނަފްރަތު އިތުރުވީ އަންހެންމީހާ ފިރިހެނަކާއި ނުލައި ރޭގަނޑު ދަތުރުކުރުމުން، މިހާދިސާގެ ޒިންމާ އެ އަންހެންމީހާގެ ބޮލުގައި ފުލުހުން އަޅުވާގޮތަށް ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް