އެފް އީ ޓީ އޯ އާއި ގުޅުންހުރި ތުރުކީގެ ކުރީގެ ސިފައިންގެ 94 މީހަކު ބަންދުގައި އިތުރަށް ބަހައްޓަން ނިންމައިފި

Loading

Facebook
Twitter
WhatsApp

2016 ވަނަ އަހަރު ނާކާބިޔާބު ކޮށްލެވުނު ބަޣާވަތުގެ ފަހަތުގައި ތިބި ފެޓުއްލާ ޓެރަރިސްޓު އޯގަނައިޒޭޝަން (އެފް އީ ޓީ އޯ) އާއި ގުޅުންހުރި، ތުރުކީގެ ކުރީގެ ސިފައިންގެ 94 މީހަކު ބަންދުގައި އިތުރަށް ބޭތިއްބުމަށް ނިންމައިފައިވާ ކަމަށް ޝަރުއީ ދާއިރާގެ މަސްދަރަކުން ބުނެފިއެވެ. 

މި މީހުންނަކީ އިސްތަންބޫލް ހިމެނޭގޮތަށް 34 ޕްރޮވިންސުގައި ހިންގި ނިރުބަވެރި ހަރަކާތްތަކާއި ދެކޮޅަށް 2016 ވަނަ އަހަރު ސެޕްޓެންބަރުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ކުރީގެ ސިފައިންގެ 131 މީހުންގެ ތެރޭގައި ހިމެނޭ ސިފައިން ކަމުގައި މީޑިއާއަށް މަޢުލޫމާތު ދިން މީހަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނެފައިވެއެވެ. މިފަދަ މަޢުލޫމާތު މީޑިއަށް ދިނުމަކީ ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަމަކަށްވާތީ ނަން ހާމަނުކުރުމަށް އެފަރާތުން ވަނީ އެދިފައެވެ. 

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުރީގެ ސިފައިންގެ ކޮމާންޑަރުންނާއި، ލެފްޓިނަންޓުންނާއި، ކޮމިޝަން ނުކުރާ އޮފިސަރުންނާއި ސާޖެންޓުން ހިމެނެއެވެ. 

2015 ވަނަ އަހަރު ޖުލައި މަހު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވަތް ރޭވީ އެފް އީ ޓީ އޯއާއި އެމެރިކާގައި ދިރިއުޅޭ މި ޖަމާޢަތުގެ ވެރިޔާ ފަތުހުއްﷲ ގުލެންއެވެ. މި ބަޣާވަތުގައި 251 މީހަކު ޝަހީދުވެ، ގާތްގަޑަކަށް 2،200 މީހުން ޒަޚަމް ވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް