ނެޓްފްލިކްސް އިން ސައޫދީއަށް އެލް ޖީ ބީ ޓީ ކިއު އާއިބެހޭ ވާހަކަ ހުންނަ ފިލްމު ދެއްކޭ. އެކަމަކު އެމް ބީ އެސް އަށް ފާޑުކިޔާ ފިލްމެއް ނުދެއްކޭ.

Loading

Facebook
Twitter
WhatsApp

އިސްލާމްދީނަށް ލޯބިކުރާ އަދި ދީނުގެ ހަމަތަކުގައި ހިފަހައްޓައިގެން ތިބޭ ގިނަބަޔަކު އިުޅޭ ސައުދީ އަރަބިއްޔާގައި ”ކުއާ އައި“، ”ސެކްސް އެޑިއުކޭޝަން“ އަދި ”އޮރެންޖު އޒް ދަ ނިއު ބްލެކު“ ފަދަ ފިލްމުތައް ދެއްކުމުގެ ހުއްދަ، މުހައްމަދު ބިން ސަލްމާން (އެމް ބީ އެސް) ވަނީ ދީފައި ކަމުގައި ނެޓްފްލިކްސް ގެ ކޯ- ސީ އީ އޯ ރީޑު ހޭސްޓިންގ ވަނީ ބުނެފައެވެ.

މި ފަދަ ފިލްމު ތަކަކީ އަންހެން ކުޅިއާއި، ފިރިހެންކުޅިއާއި، ދެޖިންސުގެ ގުޅުންތަކާއި، ވަކި ޖިންސެއްނުވަތަ ވަކި ވައްތަރެއްގެ ބަޔަކާއެކު ޖިންސީގުޅުންތައް ހިންގާ މަންޒަރު އެކުލެވޭ އަދި އެފަދަ ވާހަކަތައް ދައްކާ ފިލްމުތަކެވެ. މިފަދަ ފިލްމު ބެލުމަކީ އެގައުމުގެ ގިނަމީހުން ދެކޭގޮތުގައި ވަރަށް ނުބައިކަމެކެވެ. ސަޢުދީގެ ގިނަމީހުންނަކީ އިސްލަމްދީނުގެ ހަމަތަކުގައި ހިފަހައްޓައިގެން ތިބޭމީހުންނެވެ.

އެހެންނަމަވެސް މިފަދަ ފިލްތައް ބަލާމީހުންވެސް އުޅެއެވެ. ސައޫދީގެ މުޖުތަމަޢުގެ އަގުތަކާއި ދެކޮޅު ފިލްމުތައް ދެއްކުމުގެ ހުއްދަ ދިނުމުގެ ބަދަލެއްގެ ގޮތުން މުހައްމަދު ބިން ސަލްމާން (އެމް ބީ އެސް) އަށް ފާޑުކިޔާ ފިލްމެއް ނެޓްފްލިކްސްއިން ނަގަންޖެހުނުކަމަށް ފުރަތަމަ ފަހަރަށް ހޭސްޓިން އެއްބަސްވިއެވެ. މިއީ ކުރަން އުނދަގޫވި ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާއި ނައްތާލިގޮތުގެ ސަބަބުން މުހައްމަދު ބިން ސަލްމާން (އެމް ބީ އެސް)އަށް ފާޑުކިޔުން އަމާޒުވާގޮތަށް ޔޫ އެސްގެ ކޮމީޑިއަން ހަސަން މިންހާޖު ކުޅެފައިވާ “ ޕެޓްރިއޮޓް އެކްޓް“ 2019 ވަނައަހަރުގެ ޖަނަވަރީ މަހު ނެޓްފްލިކްސްއިންވަނީ ނަގާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް