އިންޑިއާގައި ބަލި ފެތުރުން އިތުރުވެ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ފަސްމިލިއަނަށް އަރާފައި ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ފެރީގެ ޚިދުމަތް ފަށަނީ.

Loading

Facebook
Twitter
WhatsApp

އެމެރިކާއަށްފަހު ފަސްމިލިއަން މީހުންނަށް ކޮވިޑު-19 ޖެހުނު ދެވަނަ ގައުމަކަށް އިންޑިއާ ވަނީ ވެފައެވެ.

އިންޑިއާގައި ކޮރޯނާވައިރަސް ޖެހުނުމީހުްގެ އަދަދު 5 މިލިއަނަށް އަރާފައިވާ ކަމަށާއި 24 ގަޑިއިރު ތެރޭ 90,123 ވޭދަނަ (ކޭސް) ފެނިފައިވާ ކަމަށް މިދިޔަ ބުދަ ދުވަހު އިންޑިއާގެ ފެޑެރަލް މިނިސްޓްރީ އޮފް ހެލްތުން ރިޕޯޓު ކޮށްފިއެވެ. .

ޗައިނާހެން މީހުން ކޮންޓްރޯލްކޮށް ކޮވިޑު-19ގެ ވައިރަހާއި ހަރުދަނާކަމާއެކު ހަނގުރާމަކުރާނެ ގާބިލުކަމެއް އިންޑިއާއަކު ނެތެވެ. މީގެ މާނައަކީ އިންޑިއާގެ އެތައް ބައެއްގެ ގައިގައި ވައިރަސް ހުރެދާނެއެވެ. އެމީހުން ޓެސްޓު ނުކުރާތީ ބަލި ހުރިކަން ނޭނގެނީއެވެ.

މިހާބޮޑަށް އިންޑިއާގައި މިބަލި ފެތުރެމުންދާއިރުވެސް، ދިވެހިސަރުކާރުން އެވަނީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް އެކަށީގެންވާ ވަރަށް ބެލުމެއްނެތި އިންޑިއާއި ދިވެހިރާއްޖެއާއި ދެމެދު ފެރީ ފަށަން ތައްޔާރުވެފައެވެ. މިފެރީން ބަލި ހިފައިގެން އަންނާނެ އިންޑިއާގެ އެތައް ސަތޭކަ މީހުންގެ ސަބަބަބުން ދިވެހިންނަށް ނުރައްކަލަކަށް ވެދާނެއެވެ.

 

Loading

One Response

  1. މުދާ އެތެރެކުރުން ވައިގެ މަގުންވިޔަސް ކަނޑުމަގުންވިޔަސް ކުރެވެނީ އެއްކަމެކެވެ. އެވަގުތަކަށް ބޭނުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަރުކާރުން ވެސް އަދި އަމިއްލަ ފަރުދުންވެސް ސަމާލުކަންދޭންޖެހޭނެއެވެ. މިހާރު މިއުޅޭ ބަލިމަޑުކަން ނިންމާލުމުގައި އެއްވެސް ގައުމަކުން މާބޮޑު ކާމިޔާބީއެއް ހޯދިފައެއްނެވެ. އެހެންނަމަވެސް ކައިބޮއި އުޅެންޖެހޭނެއެވެ. ރާއްޖޭގައިވެސް އެއްޗެހީގެ އަގުތައް އުފުލެމުންދަނީ އިންތިހާއަށެވެ. ފާޑުކިޔަންވާނީ ކަންތަކަށް ރަނގަޅުގޮތް ހޯދުމަށެވެ. މީގެ މަދު އަހަރުތަކެއްގެ ކުރީގައި އިންޑިއާއިން މުދާގެނައީ ދިވެހިންގެ ބޯޓުފަހަރުގައެވެ. ނަމަވެސް މިއަދު ދިވެހި ބޯޓެއްވެސް ނެތެވެ. ސަރުކާރުންވެސް ވިސްނުމެއްނެތި ކަންތައްކުރާނެކަމަކަށް ނުބެލެވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް