އިންޑިއާގެ ދަނޑުވެރިންނަށް ކޮވިޑު-19ގެ ބަލިމަޑުކަމުގެ ހޫނު އިހްސާސް ކުރެވެންފަށައިފި

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ދަށުގައި ތިބިނަމަވެސް، މޫސުން ރަނގަޅުވުމުގެ ސަބަބުން ދަނޑުވެރިކަމަށް ލިބުނު ކުރިއެރުމާއެކު އިގުތިސާދަށް އައި ހެޔޮބަދަލު އިންޑިއާގެ ދަނޑުވެރިންނަށް ފާހަގަކުރާނެ ފުރުސަތެއް ނުލިބުނެވެ. ސަބަބކީ ސިޓީތަކަށް ހިޖުރަކޮށްގެންތިބި ގިނަ މީހުން އެނބުރި އައުމުން އެމީހުންގެ ދިރިއުޅުން ހަމަޖެއްސުމުގެ ޕްރެޝަރާއި ކުރިމަތިލާން ޖެހުމުންނެވެ. 

ތަޖުރިބާ ކާރުން ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑު-19 އާއިހެދި ވަޒީފާ ގެއްލުނު ފަރާތްތައް އެނބުރި އަވައްތަކަށް އައުމުން، އެމީހުންނަށް ވަޒީފާ ދޭންޖެހުމާއި، ދަނޑުވެރިން ހައްދާތަކެތި ދަށް އަގުގައި ވިއްކުމަށް މަޖުބޫރު ވުމުގެސަބަބުން ދަނޑުވެރިންނަށްދަނީ މި ބަލިކަމުގެ ހޫން އިހުސާސްވަމުންނެވެ. 

ދަނޑުވެރިކަމުގެ ތަޖުރިބާކާރު އަދި އުއްތަރަޕްރަދޭޝްގެ ސްޓޭޓު އެޑުވައިޒަރީ ބޯޑުގެ ކުރީގެ މެންބަރު ސުދީރު ޕަންވަރު، އަނަޑޮލު އެޖެންސީއާއި ވާހަކަދައްކަވަމުން ވިދާޅުވީ، އިތުރުވެފައިވާ މަސައްކަތު މީހުންގެ ސަބަބުން ދުވާލު މަސައްކަތަށް ލިބޭ އަގު ވަރަށްބޮޑަށް ދަށްވެފައިވާ ކަމުގައެވެ. 

“ ކުރިން ދަނޑުގައި މަސައްކަތްކުރާ މަސައްކަތު މީހަކަށް ދުވާލަކު 300 އާއި 700 ރުޕީސް (5 އާއި 10 ޑޮލަރު) ވަރު ލިބޭ. އެކަމަކު މިހާރު މިއަދަދު %40 އަށް ދަށްވެ ދުވަހު މަސައްކަތުން ލިބޭ އެއްޗެއް މިވަނީ ވަރަށްބޮޑަށް ދަށްވެފަ“ ޕަންވަރު ވިދާޅުވިއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް