އަރަބިން އިޒުރޭލާ ގުޅުން ގާއިމުކުރުމާއި ދިމާކޮށް އިޒުރޭލުން ގާޒާއަށް ބޮން އެޅުމުން، އިޒްރޭލަށްދޭ ހަމަލާ އިތުރުކުރާނެ ކަމަށް ހަމާސްިއިން އިންޒާރު ދީފި

Loading

Facebook
Twitter
WhatsApp

ޔޫ އޭ އީ އާއި ބަހުރައިނުން އިޒުރޭލާއި ސިޔާސީ ގުޅުން ގާއިމުކުރުމާއި ދިމާކޮށް ފަލަސްތީނުން އިޒުރޭލަށް ރޮކެޓުހަމަލާއެއް ފޮނުވުމާއި ގުޅިގެން އިޒުރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުންވަނީ ގާޒާއަށް ބޮންއަޅައިފިއެވެ. މިކަމާއި ގުޅިގެން ގާޒާގެ ސަރުކާރު ކަމަށްވާ ހަމާސްއިންވަނީ އިޒްރޭލަށްދޭ ހަމަލާ އިތުރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

އިޒުރޭލުންވަނީ ބަންދުކޮށްފައިވާ ގާޒާގައި ހުންނަ ހަމާސްގެ ތަންތަނަށް އަމާޒުކޮށް، އެތައް ފަހަރަކު ބޮންއަޅާފައެވެ. އިޒުރޭލުން ބުނެފައިވަނި މި ހަމަލާތަކަކި ފަލަސްތީނުން އިޒުރޭކލަށްދިން ހަމަލާގެ ބަދަލުގައި ދިން ރައްދެއްކަމުގައެވެ. އެގޮތުން ފަލަސްތީނުން ފޮނުވި 13 ރޮކެޓުގެ ތެރެއިން 8 ރޮކެޓުވަނީ ވައްޓާލާފައި ކަމުގައި އިޒުރޭލުން ބުނެއެވެ.

ގާޒާއިން މި ފޮނުވާލި ރޮކެޓުތަކަކީ އަންގާރަ ދުވަހު ވައިޓުހައުސްގައި ޔޫ އޭ އީ އާއި ބަހުރައިނުން އިޒުރޭލާއި ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ގުޅުވައިގެން ދިން ހަމަލާތަކެކެވެ. ގާޒާއިން މިފޮނުވި ރޮކެޓުތަކުން އެއް ރޮކެޓު ވެއްޓުނީ އަޝްދުދު ސިޓީއަށެވެ. އިޒުރޭލު އެކަކު ޒަޚަމް ވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް