ކޮވިޑް 19 އާ މެދު އާންމުން ދެންވެސް ފަރުވާ ކުޑަކޮށްގެންނުވާނެ: ބޮރިސް ޖޯންސަން

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އިގިރޭސި ވިލާތުގައި އަޅާފައިވާ ހުރިހާ ފިޔަވަޅުތައް މިމަހުގެ ތެރޭ ނިމުމަކަށް ގެންނަން ތައްޔާރު ވަމުންދާއިރު ،އެގޮތަށް ކަންތައް ކުރިނަމަވެސް ކޮވިޑް 19 އާމެދު އާންމުން ފަރުވާތެރިވުން ދޫކޮށްލައިގެން ނުވާނެ ކަމަށް އިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ. ބީބީސީ އަށް ދެއްވި އިންޓަރވިއު އެއްގައި ޖޯންސަން ވިދާޅުވީ ކޮވިޑް 19 އަކީ އަދިވެސް ބައެއް މީހުންނަށް ނުރައްކާ ކުރުވާނެ ބައްޔަކަށް ވިޔަސް މިވަގުތަކީ އެންމެންގެ އިތުބާރު އަލުން ހޯދަންވީ ވަގުތު ކަމުގައެވެ. […]

އިނގިރޭސި ރާނީ އެލިޒަބަތު 2 އަށް ކޯވިޑް-19 ޖެހިއްޖެ

އިނގިރޭސި ރާނީ އެލިޒަބަތު 2 އަށް ކޯވިޑް-19 ޖެހިއްޖެއެވެ. އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ރާނީ އެލިޒަބަތު އަށް ބަލިޖެހުނު ނަމަވެސް ޙާލުކޮޅު ރަނގަޅެވެ. މިވަގުތު ފެންނަނީ އާދައިގެ އައިދަފުސް ރޯގާއެއްގެ އަލާމާތްތައް ކަމަށާ އެހެން ނަމަވެސް ސިއްހީމާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލު ކުރެއްވުމާއެކު ކުރިޔަށް އޮތް ހަފުތާގައި މަޤާމުގެ ބައެއް މަސްޢޫލިއްޔަތު އަދާ ކުރައްވާނެ ކަމަށް ގަޑުވަރުގެ ބަޔާނުގައި ވެއެވެ. ޢުމުރުފުޅުން 95 އަހަރުގެ ރާނީ ވަނީ ދޮށީ ދަރިކަލުން އަދި […]

30 އަހަރު ވަންދެން ވަލު ތެރޭގަ އުޅުނު މީހެއް

ސިންގަޕޯ އަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ގެދޮރުގެ ދަތިކަން އެންމެ ކުޑަ އެއްގައުމެވެ. ފްލެޓް ތަކާ އެޕާޓްމަންޓްތަކުގެ އުސް ޓަވަރުތައް ބަލާލި ކޮންމެ ދިމާލަކުން ފެންނާނެއެވެ. ނަމަވެސް މިއިން ތަނަކުން ޖާގަ ނުލިބުނު މީހެއްގެ ވާހަކަ މިވަނީ ހާމަ ވެފައެވެ. އެއީ އުމުރުން 79 އަހަރުގެ މިސްޓަރ އޯ ގޯ ސެން އެވެ. އޭނަ 30 އަހަރުވަންދެން ސިންގަޕޯގެ ގަސް ގިނަ ވަލެއްގައި އެކަނި މާއެކަނި އުޅުނު ކަމަށް ވެއެވެ. އުމުރުން 80 އަހަރާ ގާތްވެފަ […]

ކޮވިޑް 19އާ ގުޅިގެން ރަށް ބަންދުކޮށްލުމުން ޗައިނާ އަށް ވާރޭ ވެހުނު ވަރު އިތުރުވި

ޗައިނާގެ ސައިންޓިސްޓުން ބުނާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ރަށް ބަންދުކޮށް ދުއްވާ އެއްޗެތި ދުއްވުން ކުއްލިއަކަށް ހުއްޓާލުމުން 2020ވަނަ އަހަރު ޗައިނާޔަށް ވާރޭ ވެހުނު މިންވަރު އިތުރު ވެފައިވެއެވެ. މިގޮތުން ގްރީން ހައުސް ގޭސްތައް ޖައްވަށް އެރުން މަދުވެ އަދި އެއިރޮސޯލޯ އޭކިޔާ ކުދިކުދި މާއްދާތައް ޖައްވަށް އެރުން މަދުވުމުގެ ސަބަބުން ވާރޭ ވިލާ އުފެދުމަށް ބާރަކަށް ވީކަމަށް އެމީހުން ބުނެއެވެ.ނަމަވެސް ދިގުމުއްދަތަކަށް ޖައްވަށް ދުން ފޮނުވުން ހުއްޓާލާނަމަ ވާރޭގެ ސައިކަލް އަށް މިބަދަލް ނާންނާނެ […]

މަޑީގެ ރޮދިން އަނިޔާވެގެން ވެއްޓޭ ދޫނިތަކަށް ފަރުވާދީ ރަގަޅުކުރާ ދެބެން

އިންޑިޔާގެ ވެރިރަށް ނިއުދިއްލީ ގެ ވަޒީރު އާބާދު ކިޔާ އައަވަށުގައި އާދަޔާޚިލާފް މަސައްކަތެއް ކުރާ ދެބެން އުޅެއެވެ. ނިއުދިއްލީ އަކީ ޖައްވުތެރޭގައި އަބަދުވެސް ގިނަ އަދަދެއްގެ ދޫނި ހޯރަ އަޅައަޅާ އޮންނަ ތނަކަށް ވާއިރު ، މޫސުން ރީތި ދުވަސްވަރެއްނަމަ މަޑިއެރުވުމުގެ ފޯރި ވަރަށް ގަދަ ސިޓީ އެކެވެ. މިސިޓީގައި މިދެންނެވި ދެބެން ކަމަށްވާ މުހައްމަދު ސައުދު އަދި ނަދީމް ޝެހެޒާދު ކުރާ މަސައްކަތަކީ ފުޅިތޮށިލާފައި ހުންނަ މަޑީގެ ރޮދި ނުވަތަ ކަންވާރުން ޖެހި އަނިޔާވެގެން ވެއްޓޭ […]

ލަގްޒަރީ ކާރު އުފުލަމުން ދިޔަ ކާގޯ ބޯޓެއްގައި ރޯވެ އަދަމުން ދަނީ

ލަގްޒަރީ ކާރުގެ ޝިޕްމަންޓެއް ހިފައިގެން ދަތުރުކުރި ބޮޑު ކާގޯ ބޯޓެއްގައި ހިގި އަލިފާނުގެ ހާދިސާއަކަށްފަހު ބޯޓުގައި ރޯވުމުން އެޓްލާންޓިކް ކަޑުތެރެޔަށް އޮޔާ ދާން ބޯޓު ދޫ ކޮށްލައިފިއެވެ.ބޯޓުގެ ކާގޯ ބަރުކުރާބައިގައި ރޯވެ އަލިފާންގަޑު ފެތުރެން ފެށުމުން ފަޅުވެރިންނަށް ބޯޓު ދޫކޮށް ފޭބުމަށް މަޖްބޫރުވިއެވެ. ހާދިސާ ހިގިއިރު އެންމެ ކައިރީގައިވާ ޕޯޗުގީޒް ނެވީން މައުލޫމާތު ދިން ގޮތުގައި ބޯޓުގެ 22 ފަޅުވެރިންނާއި ކެޕްޓަން ވަނީ ސަލާމަތް ކުރެވި ޕޯޗުގީޒް ހޮޓަލަކަށް ގެންދެވިފައެވެ 656 ފޫޓު ދިގު ކާގޯ ބޯޓު […]

ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕޯލިއޯ ކޭސް އެއް ފެނިއްޖެ

އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީގައި ވައިލްޑް ޕޮލިޔޯ ކިޔާބަލީގެ ކޭސް އެއް ފެނިއްޖެ އެވެ. މިއީ ފަސްއަހަރުތެރޭ މުޅި އެފްރިކާ އިންވެސް ޕޯލިއޯ ބަލި ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެއެވެ. މަލަވީން ޕޯލިޔޯ ޖެހުނު ކަމަށް އިގިފައިވަނީ ކުޑަކުއްޖަކަށެވެ. މިކުއްޖާގައިން ފެނުނު ޕޯލިއޯ ސްޓްރެއިން އަކީ ޕާކިސްތާނުން ވެސް އަދިވެސް ފެންނަމުންދާ ވައްތަރު ކަމަށް ޑަބްލިއު އެޗްއޯ އިން ބުނެފައިވެއެވެ.މަލާވީން ޕޯލިއޯ ބަލި ފެނުމާ ގުޅިގެން ޑަބްލިއު އެޗް އޯ އިން އަވަސް އެހީގެ ފިޔަވަޅު […]

ރޭލު ދުއްވާ ޑްރައިވަރުންގެ މަގާމަށް އެދި 28ހާސް އަންހެނުން ފޯމު ހުށައަޅައިފި

ސައޫދީ އަރޭބިޔާގެ ރޭލް ދުއްވާ ސްޕެނިޝް ކުންފުންޏަކުން30 އަންހެން ޑްރައިވަރުން ހޯދުމަށް ކުރި އިއުލާން އަކާ ގުޅިގެން 28 ހާސް އަންހެނުން ފޯމް ހުށައަޅާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.މިމަގާމަށް ހޮވޭ ފަރާތްތަކަށް އެއްއަހަރުދުވަހުގެ ތަމްރީންއެއް ދެވޭނެއެވެ. އެއަށްފަހު މާތްވެގެންވާ މައްކާޔާ މަދީނާ ޔާ ދެމެދުނު ދަތުރުކުރާ ރޭލްތައް ދުއްވާނީ މިއަންހެން ޑްރައިވަރުން ކަމަށް ވެއެވެ. މިއީ ސައޫދީ އަރޭބިޔާގައި މިފަދަ ވަޒީފާއެއް އަންހެނުންނަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. ޒަމާންތަކެއް ކުރިން ފެށިގެން އެގައުމަކީ ވަޒީފާގެ ބާޒާރުގައި އުޅޭ […]

ކައިވެނި ހަފްލާއެއްގައި ވަޅަކަށް ވެއްޓުމުގެ ސަބަބުން 13 މީހުން މަރުވެއްޖެ

އުތުރު އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރްދޭޝްގައި ކުރިޔަށް ދިޔަކައިވެނި ހަފްލާއެއްގެ ތެރޭން ބަޔަކު މަތިޖަހާފަ ހުރި ވަޅަކަށް ވެއްޓި އޭގެތެރޭން 13 މީހުން މަރުވެއްޖެ އެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި ވަޅަށް ވެއްޓިފައިވަނީ އަންހެނުންނާއި ކުޑަކުދިން ތަކެކެވެ. ދަގަޑު ސްލެބް އެއް އަޅާ މަތިޖަހާފަ ހުތި ވަޅުމަތީ އެމީހުން އިށީދެ ތިއްބާ ސްލެބް ބިންދައިގެންގޮސް ވަޅުގެ ތެރެއަށް އެމީހުންވެއްޓުނީ ކަމަށް ވެއެވެ. އެއާއެކު އެހެން މީހުން އައިސް ވަޅުން މީހުން ނަގާ ކައިރީގައި ހުރިހޮސްޕިޓަލް އަކަށް […]

އެޗް އައިވީ ޖެހުނު މީހަކު ރަގަޅުކުރެވިއްޖެ

އެމެރިކާގައި އެޗްއައިވީ ޖެހިފަ ހުރި އަންހެނަކު ރަގަޅު ކުރެވިއްޖެ ކަމަށް ޚަބަރު ލިބެއެވެ. މިއީ މުޅި ދުނިޔޭގައިވެސް އެޗްއައިވީ ޖެހިގެން ރަގަޅު ކުރެވުނު ތިންވަނަ މީހާ ކަމަށް ވެއެވެ. އަދި ފުރަތަމަ އަންހެން މީހާއެވެ. ލުކީމިޔާ ޖެހި ފަރުވާ ހޯދަމުން އައި އަންހެން މީހާ އެޗްއައިވީ އިން ސަލާމަތް ވެފައިވަނީ ސިއްހަތު ސަލާމަތުން ހުރި މީހެއްގެ ސްޓެމް ސެލް ވަކި ޚާއްސަ ގޮތަކަށް ނަގާ ބޭނުން ކުރުމުގެ ސަބަބުން ކަމަށް ވެއެވެ. އޭނާގެ ހަށިގަޑުގައި އެޗްއައިވީގެ ވައިރަސް […]