ރޭލު ދުއްވާ ޑްރައިވަރުންގެ މަގާމަށް އެދި 28ހާސް އަންހެނުން ފޯމު ހުށައަޅައިފި

Loading

Facebook
Twitter
WhatsApp

ސައޫދީ އަރޭބިޔާގެ ރޭލް ދުއްވާ ސްޕެނިޝް ކުންފުންޏަކުން30 އަންހެން ޑްރައިވަރުން ހޯދުމަށް ކުރި އިއުލާން އަކާ ގުޅިގެން 28 ހާސް އަންހެނުން ފޯމް ހުށައަޅާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.މިމަގާމަށް ހޮވޭ ފަރާތްތަކަށް އެއްއަހަރުދުވަހުގެ ތަމްރީންއެއް ދެވޭނެއެވެ. އެއަށްފަހު މާތްވެގެންވާ މައްކާޔާ މަދީނާ ޔާ ދެމެދުނު ދަތުރުކުރާ ރޭލްތައް ދުއްވާނީ މިއަންހެން ޑްރައިވަރުން ކަމަށް ވެއެވެ.

މިއީ ސައޫދީ އަރޭބިޔާގައި މިފަދަ ވަޒީފާއެއް އަންހެނުންނަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. ޒަމާންތަކެއް ކުރިން ފެށިގެން އެގައުމަކީ ވަޒީފާގެ ބާޒާރުގައި އުޅޭ އަންހެނުންގެ ނިސްބަތް އެންމެ ކުޑަ އެއްގައުމެވެ.ނަމަވެސް ތެލަށް ބަރޯސާވާ އިގްތިސާދެއް އޮންނަ ސައޫދީ އަރޭބިޔާ އަށް އެނޫން އެހެން ގޮތްތަކެއް ހޯދުމަށް ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ ޚާއްސަ މަސައްކަތް ޕުޅެއްގެ ދަށުން މިކަން ވަނީ ބަދަލުވާން ފަށާފައެވެ.

މުހައްމަދުބިން ސަލްމާން އިސްވެ ހުންނަވައިގެން ފެއްޓެވި މަސައްކަތް ޕުޅުގެ ނަތީޖާއެއްގެ ގޮޓުން ވަޒީފާއަށް ދާ އަންހެނުންގެ ނިސްބަތް ފާއިތުވި ފަސް އަހަރުތެރޭ ގާތްގަޑަކަށް ޑަބަލްވެ ، 33 އިންސައްތަޔަށް އިތުރުވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެތެރޭ ވަޒީފާގެ ބާޒާރާ ގުޅުނު އަންހެނުންގެ އަދަދު ފިރިހެނުންނަށް ވުރެ ގިނަ ކަމަށް ވެއެވެ. އެހެން ނަމަވެސް ވަޒީފާ ތަކުގަ ، ޚާއްސަ ކޮން ޕަބްލިކް ސެކްޓަރުގަ އަދިވެސް ގިނައީ ފިރިހެނުން ކަމަށް ވެއެވެ.

މަސަކަތަށް އަންހެނުން ނެރުމުގެ އިތުރުން ސޮސައިޓީގަ އަންހެނުންނާމެދު ދެކޭގޮތް ބަދަލް ކުރުމަށް ވެސް ސައޫދީ އަރޭބިޔާގައި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރެވުނު ކަންތަކުގެތެރޭގައި އަންހެނުން އަމިއްލަޔަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމާ އަދި މަހުރަމަކުނުލާ އަންހެނުން ނަށް ދަތުރު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ.

ސައުދީގައި ގެނެވުނު އިޖުތިމާއީ ބަދަލުތަކާއެކުވެސް އަންހެނަކު މީހަކާ ކައިވެނި ކުރާނަމަ އަދިވެސް ބަލަދުވެރިޔާގެ ރުހުން ހޯދަންޖެހެއެވެ.އަދި ޖަލުން މިނިވަން ވުމަށްވެސް ބަލަދުވެރިޔާގެ ހުއްދަ ހޯދަންޖެހޭ ކަމަށްވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް