ޔޫކްން އަށް ރަޝިޔާއިން ދޭންފެށި ހަމަލާގެ ތިންވަނަ ދުވަސް

ރަޝިޔާސިފައިން ޔޫކްރޭންއަށް ތިންފަރާތުން ދެމުންގެންދާ ހަމަލާތަކުގެ ތިންވަނަ ދުވަހުގެ ޚަބަރުތަކަށް ބަލާއިރު، – ހެދުނުގެ ޚަބަރުތައް ބުނި ގޮތުން ޔޫކްރޭންގެ ވެރިރަށް ކިއޭވް އާ ވަރަށް ކައިރިޔަށް ރަޝިޔާ ސިފައިން ވަނީ އައިސްފައެވެ. ނަމަވެސް އެމީހުންނާ ވަރަށް ވަރުގަދަޔަށް ޔޫކްރޭން ސިފައިން ދަނީ ކުރިމަތިލާ ރައްދު ހަމަލާތައް ދެމުންނެވެ. – ހޮނިހިރު ދުވަހު ހެދުނު ޔޫކްރޭން އަސްކަރިއްޔާއިން ކޮށްފައިވާ ފޭސްބުކްޕޯސްޓެއްގައި ބުނެފައިވަނީ މައިސިޓީގެ އަސްކަރިއްޔާގެ ބޭސް އެއްކައިން ވަރުގަދަ ހަމަލާތައް ބަދަލު ކުރެވި ރަޝިޔާ ސިފައިން ދުރަށް […]

އުމުރުން 16 އަހަރުގެ އިންޑިޔާ ކުއްޖަކު ދުނިޔޭގެ ޗެސް ޗެމްޕިއަން ބަލިކޮށްފި

”އަހަރެންބޭނުންވީ އޮށޯވެ ނިދާށެވެ“ ދުނިޔޭގެ ޗެސް ޗެމްޕިއަން މެގްނަސް ކާލްސަން ބަލިކުރިމެޗް ނިމުމަށްފަހު އިންޑިޔާގެ 16 އަހަރުގެ ޒުވާނާ ޕްރަގްނާނަންދާ ބުނެފައިވެއެވެ. ހޯމަ ދުވަހު ނިމުނު އޮންލައިން ރެޕިޑް ޓޯނަމަންޓެއް ކަމަށްވާ ”އެއާ ތިންގްސް މާސްޓާސް“ ދުނިޔޭގެ ޗެސް މުބާތުގައި މި ފަހުރުވެރި ކާމިޔާބީ ހާސިލް ކުރުމަށް ފަހު އޭނާ ވަނީ ދުނިޔޭގެ އެއްވަނަ ބަލިކުރި އިންޑިޔާގެ ތިންވަނަ ކުޅުންތެރިޔާއަށްވެފައެވެ. އިންޑިޔާގެ ޗެންނާއީ އަށް ނިސްބަތްވާ،ހިމަތޮޅިކޮން ހުންނަ ޕްރަގްނާނަންދާ އަކީ ޗެސްގައި ކާމިޔާބީ އަށް އާ ޒުވާނެއް […]

ޔޫކްރޭން އަށް ރަޝިޔާއިން ދޭންފެށި ހަމަލާގެ ދެވަނަ ދުވަސް

ރަޝިޔާ ގެ އަސްކަރީ ފައުޖް ތަކުން ޔޫކްރޭން އަށްއަރާ ބުރާސްފަތިދުވަހު ދޭން ފެށި ހަމަލާ ތަކުގެ ދެވަނަ ދުވަހު ގެ ކަންތައް ތަކަށް ކުރުގޮތަކަށް ބަލާލާ އިރު، – ރަޝިޔާ ސިފައިން ޗެރްނޮބީލް ނިއުކްލިއަރ ކްމްލެކްސް ގެ ކޮންޓްރޯލް އަތުލައިފި. މިތަނަކީ ދުނިޔޭގައި މިހާތަނަށް ހިގި އެންމެ ބޮޑު ނިއުކްލިއަރ ޑިޒާސްޓަރ ހިގިތަން. އެމެރިކާއިންބުނީ އެތަނުގައި ތިބި ޔޫކްރޭންގެ މުވައްޒަފުން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެނެސް އެމީހުން ރަހީނު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައި. – […]

ޔޫކްރޭންގެފަސް އެއާޕޯޓަކަށް ރަޝިޔާ ސިފައިން ހަމަލާ ދީފި

ޔޫކްރޭންގެ ސެންޓްރަލް މިލިޓަރީ ކޮމާންޑް އާ ވަވާލާ ދީ ޓައިމްސް އޮފް އިންޑިޔާއިން ޚަބަރުދޭ ގޮތުގައި ރަޝިޔާގެ ފައުޖް ތަކުން ޔޫކްރޭންގެ ފަސް އެއާޕޯޓަކަށް ހަމަލާ ދީފައި ވެއެވެ. އަދި ޚާކިވް މިލިޓަރީ އެއާޕޯޓްގައި ރޯވެ އަދަމުންދާކަމަށް އެފަރާތުން ޚަބަރުދެއެވެ. ފަތިހު ފެށިހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ރަށުންފޭބުމަށް މަސައްކަތް ކުރަމުންނެވެ.ދަތުރު ކުރަން ބޭނުން މީހުންގެ ކިއުތައް ދިގުވެ ބައެއް ޕެޓްރޯލް ވިއްކާތަންތަނުން ތެޔޮހުސްވެ ބަންދުކުރަން ޖެހިފައިވެއެވެ. އޭގެ އިތުރުން ރަށުގަ ތިބެންމަޖްބޫރުވެފައިވާ ވީހުންވެސް […]

ރަޝިޔާގެ ފައުޖްތައް ޔޫކްރޭން އަށް އަރާ ދެމުންދާ ހަމަލާތަކުގައި މަރުވަމުންދާ މީހުންގެ އަދަދުތައް މައްޗަށް

ރަޝިޔާއިން ޔޫކްރޭން އަށް އެރުމަށް ނިންމާ މިއަދު ފަތިހު ފަށާފައިވާ މިލިޓަރީ ހަރަކާތުގައި ހަތްމީހުން މަރުވެ 19 މީހުން ގެއްލިފައިވާ ކަމަށް ޔޫކްރޭން ފުލުހުންނާހަވާލާދީ ލިބޭ ޚަބަރުތައް ބުނެފި އެވެ. ޔޫކްރޭންގެ ބޯޑަރު އިމަށް ހުރުމަތްތެރިކޮން ހިތުމެއް ނެތި އެގައުމަށް އަރާ ރަޝިޔާ ސިފައިން ކުރިޔަށްޖެހެމުން ދާ ދިއުމުގައި ބޮޑެތި ސިޓީތަކުގެ ކައިރީގައިވާ އަސްކަރީ މަރުކަޒު ތަކަށް ބާރުގަދަ މިސައިލް ހަމަލާތައް ދެމުންދާކަމަށް ޚަބަރުލިބެއެވެ. ޔޫކްރޭނުންވެސް ވަނީ ރައީސް ޕުޓިން ”ފުލް ސްކޭލް“ ނުވަތަ އެންމެ ފުރިހަމަ […]

ޕުޓިން އަކީ މިޒަމާނެގެ ހިޓްލަރ : ޔުކްރޭން ގެ ކުރީގެ ރައީސް ޕޮރޮޝެންކޯ

ޔޫކްރޭން ހިފުމަށް ރަޝިޔާ އިން ނިންމާ އެގައުމުގެ އަސްކަރީ ފައުޖް ތަކުން މިއަދު ހަރަކާތްރިވާން ފެށުމާ ގުޅިގެން ޔޫކްރޭންގެ ރައީސް ވްލޮޑޮމިއަރ ޒެލެންސްކީ ވަނީ މުޅި ޔޫކްރޭން ގައި މިއަދު މާޝަލް ލޯ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރަޝިޔާ އިން އަސްކަރީ ހަރަކާތްތައް ފެށުމާއި ގުޅިގެން ޔުކްރޭންގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީސް މެމްބަރު ޕޮރޮޝެންކޯ ވިދާޅުވީ މިއަދަކީ ޔޫކްރޭން އަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމުގައެވެ. ނަމަވެސް ޔޫކްރޭނުން ދޫނުދީ ހިފަހައްޓާނެކަމަށް އޭނާ […]

ރަޝިޔާއިން ޔޫކްރޭން އަށް އެރުމަށް ނިންމާ ފުރިހަމަބާރާއެކު މިލިޓަރީ ހަރަކާތްތައް ފަށައިފި

ރަޝިޔާއިން ޔޫކްރޭން އަށް އެރުމަށް ނިންމާ ފުރިހަމަބާރާއެކު މިލިޓަރީ ހަރަކާތްތައް މިއަދު ފަށައިފި އެވެ.ރައީސް ވްލަޑިމިއަރ ޕުޓިންގެ އަމުރުފުޅަށް ފެށި ހަރަކާތުގައި، ރަޝިޔާސިފައިން ފުރަތަމަ ހަރަކާތްތެރި ވަމުންދަނީ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުގައެވެ. ރަޝިޔާ ސިފައިން ކުރިޔަށް ޖެހެމުންދާ ދިއުމުގައި މައި ސިޓީ ތަކަށް ދެވޭ މިސައިލް ހަމަލާތަކާ ބާރު ގޮވުންތަކުގެ އަޑު އިވެމުން ދާކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ރަޝިޔާގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ ލިބޭ ހަބަރުތައް ބުނާގޮތުން ރަޝިޔާއިން ޔޫކްރެއިންގެ އާއްމުން އުޅޭ ސިޓީތަކަށް މިހާތަނަށް […]

ބޮޑުބިޔަ ސާރިދޯޅެއް ގޭގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ގެޔަށް ވަދެއްޖެ ނަމަ ވާނީ ކިހިނެއް ؟

500 ޕައުންޑް ނުވަތަ 227 ކިލޯ ގެ ބަރުދަން ހުރި ބިޔަ ސާރި ދޯޅެއް ގޭގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ގެޔަށް ވަދެއްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ބިރު ގަންނާނެ ކަންޔަގީނެވެ. މިއީ މިވަގުތު ކެލިފޯނިޔާގެ ލޭކްޓާހޯ ގެ އެއް ނެއިބަރހުޑްގައި ދިރިއުޅެންމުންދާ ބަޔެއް މީހުންނަށް ކުރިމަތިވެފައިވާ ބޮޑުބިރެކެވެ. ”ހޭންކް ދަ ޓޭންކް“ ގެ ނަމުން ނަން ދީފައިވާ ބޮޑުސާރިދޯޅެއް ވީއްލި އެހިސާބުގެ އެކިތަންތަނަށް ވަންނަމުން އުޅޭތާ މިހާރު މަސްތަކެއް ވަނީ ވެފައެވެ. އެސޮރު ވީއްލުނުތާ މިވީ […]

ހޮންގކޮންގ ގެ ކޮވިޑް ފަރުވާގެ ނިޒާމް ފޭލްވީ ކީއްވެ ؟

2020 ވަނަ އަހަރު ދުނިޔޭގައި ކޮވިޑް19 ފެތުރެންފަށާ ގިނަ އަދަދެއްގެ މީހުން ނަށް ބަލި ޖެހި ގިނައަދަދެއްގެ ބަޔަކު މަރުވަމުން ދިޔަ އިރުވެސް 7.5 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ހޮންގކޮންގގައި 2021 ވަނަ އަހަރު ނިމުނު އިރުވެސް ކޮވިޑް19 ޖެހިފައިވަނީ އެންމެ 12،650 މީހުންނަށެވެ. އަދި މަރުވެފައިވަނީ 220މީހުންނެވެ. މި ފަޚުރުވެރި ނަތީޖާ ހޯދިފައިވަނީ ސަރުކާރުން ގެންގުޅުނު ޒީރޯ ކޮވިޑް ސްޓްރެޓެޖީގެ ސަބަބުންނެވެ. އެއީ އަވަހަށް ޓެސްޓް ކުރުމާ، ކޮންޓެކްޓް ޓްރޭސިންގ ހަރުދަނާ ކުރުމާ، […]

ޓްރަމްޕް ގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފައްދަވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަމިއްލަފުޅު ސޯޝަލްމީޑިޔާ ޕްލެޓްފޯމެއް އުފައްދަވައިފި އެވެ. އެމެރިކާގެ އެޕަލް އެޕްސްޓޯރ ގަ ލޯންޗް ކުރި އައު ޕްލެޓްފޯމް ގެ ނަމަކީ ”ޓްރުތު ސޯޝަލް“ އެވެ.މީގައި ޓްވިޓަރ ޔާ އެއްގޮތް ސިފަތަކެއް އެބަހުރި ކަމަށް މިކަންބެލި ފަރާތްތަކުން ބުނެފައިވެއެވެ. ރައީސް ޓްރަމްޕް މިދިޔަ އަހަރުވަނީ ޓްވިޓަރ،ފޭސް ބުކް،އަދި ޔޫޓިއުބް އިން ބޭރު ކޮށްފައެވެ. އައު ޕްލެޓްފޯމްގަ ރެޖިސްޓަރވާން އެދޭ ގިނަބަޔަކަށް އަދިވެސް އެކަން ކުރުމުގަ ދަތި ތަކެއް އުޅޭ ކަމަށް […]