ޔޫކްރޭން އަށް ރަޝިޔާއިން ދޭންފެށި ހަމަލާގެ ދެވަނަ ދުވަސް

Loading

Facebook
Twitter
WhatsApp

ރަޝިޔާ ގެ އަސްކަރީ ފައުޖް ތަކުން ޔޫކްރޭން އަށްއަރާ ބުރާސްފަތިދުވަހު ދޭން ފެށި ހަމަލާ ތަކުގެ ދެވަނަ ދުވަހު ގެ ކަންތައް ތަކަށް ކުރުގޮތަކަށް ބަލާލާ އިރު،

– ރަޝިޔާ ސިފައިން ޗެރްނޮބީލް ނިއުކްލިއަރ ކްމްލެކްސް ގެ ކޮންޓްރޯލް އަތުލައިފި. މިތަނަކީ ދުނިޔޭގައި މިހާތަނަށް ހިގި އެންމެ ބޮޑު ނިއުކްލިއަރ ޑިޒާސްޓަރ ހިގިތަން. އެމެރިކާއިންބުނީ އެތަނުގައި ތިބި ޔޫކްރޭންގެ މުވައްޒަފުން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެނެސް އެމީހުން ރަހީނު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައި.

– ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ބޭނުންވެގެން އުޅެނީ އޭނާގެ ސަރުކާރު ވައްޓާލާ ޔޫކްރޭން ސިޔާސީ ގޮތުން ބަލި ކޮށްލުމަށް ކަމުގައި. ރަޝިޔާ އިން އޭނާއާއި އޭނާގެ އާއިލާ އަވަހާރަ ކޮށްލަން އުޅޭ ކަމަށާ ނަމަވެސް އޭނާ ހުންނެވީ ވެރިކަމުގެ މަރުކަޒުގައިކަމަށާ އާއިލާވެސް ތިއްބެވީ ޔޫކްރޭންގައި ކަމަށް ޒެލެންސްކީ ވިދާލުވި

– ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ހަމަލާތަކުގައި މިހާތަނަށް ސިފައިން ހިމެނޭ ގޮތުން 137 ޔޫކްރޭންގެ ރައްޔިތުން މަރުވެފައިވާ ކަމަށް

– މައްސަލަޔަށް ހައްލެއް ފެނޭތޯ ރަޝިޔާގެ ރައީސް ޕުޓިން އަށް ފޯނުން ގުޅުއްވިކަމަށް ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން ވިދާޅުވި. އޭނާ ޕުޓިން އަށް ގުޅުއްވީ ރައީސް ޒެލްންސްކީ ޕުޓިން އަށް ގުޅުއްވަން އުޅުއްވާ ނާކާމިޔާބް ވެގެން ޒެލެންކްސކީގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް ވިދާޅުވި

– ރަޝިޔާއާ ދެކޮޅަށް އެކި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށައިފި. މިގޮތުން އެގައުމުތަކުގައި ހުރި ރަޝިޔާގެ އެސެޓް ތައް ފްރީޒް ކުރުން ހިމެނޭ. މިފަދަ ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި އީޔޫގެ މެމްބަރު ގައުމުތައް،ބްރަސްލްސް އޮސްޓްރޭލިޔާ އަދި ޖަޕާން ހިމެނޭ

– ނިއުޒިލަންޑްގައި ހުންނަ ރަޝިޔާގެ އެމްބެސެޑަރ އެގައުމުން ފޮނުވާލުމާ މެދު ވިސްނަވަމުންގެންދަވާ ކަމުގަ ނިއުޒިލަންޑްގެ ބޮޑުވަޒީރު ޖެސިންދާ އާޑަން ވިދާޅުވުން. ހުކުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޖެސިންދާ ވިދާޅުވީ މިއީ މިވަގުތު ގިނަގައުމު ތަކަކުން ވިސްނަމުން ދާނެ ކަމެއްކަމަށް ގަބޫލުކުރައްވާކަމުގައި.

– ރަޝިޔާ ގެ އަމަލު ތައް ކުށްވެރިކޮށް ގިނަގައުމުތަކެއްގައި މުޒާހަރާތައް ކުރަމުން އެބަދޭ. މިގޮތުން ރަޝިޔާގެ ގިނަ އަދަދެއްގެ ބަޔަކުވެސް ރައީސް ޕުޓިންގެ ނިނމެވުމާ ދެކޮޅުކަން ހާމަ ކުރުމަށް ނިކުމެފައިވޭ

– ރައީސް ޕުޓިންގެ އަމާޒަކީ ޔޫކްރޭންގެ ސަރުކާރު ވައްޓާލުން ކަމަށް ވަރަށް ބޮޑަށް ގަބޫލް ކުރެއްވޭކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ޕްލިންކެން ވިދާޅުވި

– ބްލިންކެން ވިދާޅުވީ ރަޝިޔާއިން ޔޫކްރޭން ފިޔަވާ އެހެން ގައުމަކަށް ހަމަލާ ދިނުމަކީ ވެސް ގާތްކަމެއް ކަމަށާ ނަމަވެސް އެމެރިކާގެ ނޭޓޯ ބައިވެރިން ހިމާޔަތް ކުރުމަކީ އެމެރިކާއިން އިސްކަމެއް ދީގެންކުރާނެ ކަމެއްކަމުގައި

– ބްލިންކެން ވިދާޅުވީ މައްސަލަ އިތުރަށް ދިގުލައިގެންދާނަމަ އެމެރިކާ އިން މިވަގުތު މުޅި ރަޝިޔާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ސީދާ ރައީސް ޕުޓިން އާ ދެކޮޅަށްވެސް އެޅުން އެއީ އަދިވެސް ވެދާނެ ކަމެއް ކަމުގައި

– ޔޫކްރޭންގެ ބިންމަތިގެ ހާލަތަށް ބަލާއިރު ވެރިރަށް ކިއޭވް އަދި ވަށައިގެންވާ އެތައް ހިސާބެއްގައި ހުކުރު ދުވަހު ހެދުނުވެސް ގޮވުންތަކުގެ އަޑު އިވިފައިވޭ

– މަދުވެގެން އެއް އެޕާޓްމަންޓް ބިލްޑިންގ އަށް އެރި ހަމަލާގައި އެތަން ވަރަށް ބޮޑަށް ހަލާކުވެފައިވޭ

– ޔޫކްރޭންގެ ގިނަބަޔަކު ރޭ ހޭދަކޮށްފައިވަނީ ޝެލްޓަރ ތަކުގައި

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް