އުމުރުން 16 އަހަރުގެ އިންޑިޔާ ކުއްޖަކު ދުނިޔޭގެ ޗެސް ޗެމްޕިއަން ބަލިކޮށްފި

Loading

Facebook
Twitter
WhatsApp

”އަހަރެންބޭނުންވީ އޮށޯވެ ނިދާށެވެ“

ދުނިޔޭގެ ޗެސް ޗެމްޕިއަން މެގްނަސް ކާލްސަން ބަލިކުރިމެޗް ނިމުމަށްފަހު އިންޑިޔާގެ 16 އަހަރުގެ ޒުވާނާ ޕްރަގްނާނަންދާ ބުނެފައިވެއެވެ. ހޯމަ ދުވަހު ނިމުނު އޮންލައިން ރެޕިޑް ޓޯނަމަންޓެއް ކަމަށްވާ ”އެއާ ތިންގްސް މާސްޓާސް“ ދުނިޔޭގެ ޗެސް މުބާތުގައި މި ފަހުރުވެރި ކާމިޔާބީ ހާސިލް ކުރުމަށް ފަހު އޭނާ ވަނީ ދުނިޔޭގެ އެއްވަނަ ބަލިކުރި އިންޑިޔާގެ ތިންވަނަ ކުޅުންތެރިޔާއަށްވެފައެވެ.

އިންޑިޔާގެ ޗެންނާއީ އަށް ނިސްބަތްވާ،ހިމަތޮޅިކޮން ހުންނަ ޕްރަގްނާނަންދާ އަކީ ޗެސްގައި ކާމިޔާބީ އަށް އާ ޒުވާނެއް ނޫނެވެ.އޭނާގެ އުމުރުން 10 އަހަރުގައިވަނީ އެންމެ ހަގު ގްރޭންޑް މާސްޓާގެ ޝަރަފް ހާސިލް ކޮށްފައެވެ.އޭގެ ދެއަހަރުފަހުން 2018 ވަނައަހަރު އޭނާވަނީ ދުނިޔޭގެ ދެވަނަޔަށް އެންމެ ހަގު ޗެސް ގްރޭންޑް މާސްޓަރގެ ޝަރަފް ވެސް ހޯދާފައެވެ.މިހާރު އޭނާ މިވަނީ ޗެސްގައި އޭނާ ދެކެމުންއައި އެންމެ ބޮޑު ހުވަފެން ހާސިލް ކޮށްފައެވެ. އެއީ ނޯވޭއަށް ނިސްބަތްވާ އުމުރުން ތިރީސް ދެއަހަރުގެ ދުނިޔޭގެ ޗެމްޕިއަން މެގްނަސް ކާލްސަން ބަލިކުރުމެވެ.އޭނާގެ ކުރިން އިންޑިޔާގެ ދެކުޅުންތެރިންވަނީ މިޝަރަފް ހާސިލް ކޮށްފައެވެ.

ޕްރަގްނާނަންދާ ނުވަތަ އާންމު ނަމުންނަމަ ޕްރަގް އަކީ 1.3 ބިލިއަންމީހުންގެ އާބާދީ އެއް އޮންނަ އިންޑިޔާގައި މިވަގުތު ތިބި ގްރޭންޑް މާސްޓަރުންގެތެރޭން ދެވަނަޔަށް އެންމެ ހަގު ގްރޭންޑް މާސްޓާއެވެ. 2007 ވަނަ އަހަރުވެސް އިންޑިޔާގައިތިބީ 20 ގްރޭންޑް މާސްޓަރުންނެވެ. ނަމަވެސް މިއަދު އެ އަދަދު ވަނީ 73 އަށް އިތުރު ވެފައެވެ. މީގެތެރެއިން ދެކުޅުންތެރިންނަކީ އަންހެނުންނެވެ.

ޕްރަގްއަކީ މިއަދު ދުނިޔޭގެ ފެންވަރުގައިވެސް އޭނާގެ އުމުރު ފުރައިން އެންމެ ”އެމްބިޝަސް“ ކުޅުންތެރިޔާ ކަމަށާ ޗެސްއަކީ އޭނާގެ ހަޔާތުގެ އެއްބައި ކަމަށްވާނެކަމަށް އޭނާ ވަރަށް ޅައުމުރުގައި ބަލައިގަނެފައިވާ ކަމަށް އޭނާގެ ކޯޗު ބީބީ ރަމޭޝް ބުނެފައިވެއެވެ.ޕްރަގްގެ އުމުރުން ހަތް އަހަރުން ފެށިގެން ކޯޗު ކޮށްދެމުން އަންނަ ރަމޭޝް ބުނީ ޕްރަގް އަބަދުވެސް ވިސްނާނީ ޗެސްއާމެދު ކަމުގައެވެ.

ޕްރަގްގެ ބައްޕަ އަކީ ބޭންކް މެނޭޖަރަކަށް ވާއިރު މަންމަ އަކީ ހައުސްވައިފް އެކެވެ. ޕެންޑަމިކް އައުމުގެ ކުރިން ޕްރަގް މަހަކު ފަނަރަވަރަކަށް ދުވަހު ޗެސްކުޅުމަށްޓަކާ ދުނިޔޭގެ އެކިތަންތަނަށް ދަތުރު ކުރެއެވެ. ޕްރަގްގެ ދައްތަ ވައިޝާލީ އަކީ ވެސް އިންޑިޔާގެ ނެޝަނަލް ޓީމްގެ މެމްބަރެކެވެ.ޕްރަގް ދާ ތަންތަނަށް ޕްރަގްއާއެކު އޭނާގެ މަންމަ ރައިސް ކުކަރ އެއް ހިފައިގެން ދަތުރ ކުރާކަމަށް ވެއެވެ. އަދި ދަރިފުޅަށް އެންމެ މީރު ތަމަލަ ކެއުންތައް ހަދާދެވޭތޯ މަސައްކަތް ކުރެއެވެ.ކޯޗްބުނީ އެހެން ގައުމުތަކުގެ ކެއުންތަކަށް ޕްރަގް ހޭނުވޭތޯ ވެސް އެމީހުން ބަލާކަމުގައެވެ.

ދުނިޔޭގެ އެންމެ މޮޅު 100 ޗެސް ކުޅުންތެރިންގެ ތެރެއިން 7 ކުޅުންތެރިން މިއަދު ތިބީ އިންޑިޔާގައެވެ. އިންޑިޔާގައި 50 ހާސް ޗެސް ކުޅުންތެރިން ރަސްމީކޮން ރަޖިސްޓްރީ ކޮށްފައި ވެއެވެ.ނަމަވެސް ނުރަސްމީކޮން މިލިއަނެއްހާ މީހުން މި ކުޅިވަރުގައި ޝާމިލް ވާކަމަށް ވެއެވެ.

އިންޑިޔާގެ ޗެސް ފެޑަރޭޝަނުން އަހަރަކު ވިއްސަކަށް ނެޝަނަލް މުބާރާތް ބާއްވައެވެ. އަދި މިއަހަރު އިންޑިޔާއިން 12 އިންޓަރނޭޝަނަލް މުބާރާތްވެސް ހޯސްޓް ކުރާނެއެވެ. އަދި ކޮންމެ މުބާރާތަކަށްވެސް ބޮޑެތި ފައިސާގެ އިނާމުތައް ހުށައަޅާފައި ވެއެވެ.

މި ކުޅިވަރަށް އިންޑިޔާގައި ޝައުގުވެރިކަންއިތުރުވެފައިވާ ވަރުން ރަގަޅު ޓްރެއިނަރުން ލިބުމުގެ ދަތިކަން މިހާރު ކުރިމަތިވެފައިވާ ކަމަށްވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް