ޕުޓިން އަކީ މިޒަމާނެގެ ހިޓްލަރ : ޔުކްރޭން ގެ ކުރީގެ ރައީސް ޕޮރޮޝެންކޯ

Loading

Facebook
Twitter
WhatsApp

ޔޫކްރޭން ހިފުމަށް ރަޝިޔާ އިން ނިންމާ އެގައުމުގެ އަސްކަރީ ފައުޖް ތަކުން މިއަދު ހަރަކާތްރިވާން ފެށުމާ ގުޅިގެން ޔޫކްރޭންގެ ރައީސް ވްލޮޑޮމިއަރ ޒެލެންސްކީ ވަނީ މުޅި ޔޫކްރޭން ގައި މިއަދު މާޝަލް ލޯ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާ އިން އަސްކަރީ ހަރަކާތްތައް ފެށުމާއި ގުޅިގެން ޔުކްރޭންގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީސް މެމްބަރު ޕޮރޮޝެންކޯ ވިދާޅުވީ މިއަދަކީ ޔޫކްރޭން އަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމުގައެވެ. ނަމަވެސް ޔޫކްރޭނުން ދޫނުދީ ހިފަހައްޓާނެކަމަށް އޭނާ ވިދާލުވިއެވެ.

ޕޮރޮޝެންކޯ މިމޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ ރަޝިޔާގެ ހަރަކާތްތަކާމެދު މަޖިލީހުގައި ބޭއްވުނު ކުއްލި ބަހުސް އަކަށް ފަހު ނޫސް ވެރިންނާ ބައްދަލް ކުރައްވާ ވާހަކަ ފުޅު ދައްކަވަމުންނެވެ.

ޕޮރޮޝެންކޯ ޔޫކްރޭން ގެ ރައީސް ކަން ކުރައްވާފައިވަނީ 2014 އިން 2019 އަށެވެ.އަދި އޭރުވެސް އޭނާވަނީ ޕުޓިން އަކީ މިޒަމާނުގެ ހިޓްލަރ ކަމަށް ސިފަ ކުރައްވާފައެވެ.

ރަޝިޔާ ސިފައިންޔޫކްރޭން އަށް އަރާ ކުރިޔަށް ޖެހެމުންދާތީ ކިއެވް ގައި ކުރިޔަށްދާ ގާނޫންހަދާ މަޖިލީހުގެ އެތެރެވެސް ވަނީ ވަރަށް މަޝްރަހް ހޫނު ވެފައި ކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ހަތިޔާރު އެޅި އެތައް ބަޔަކު މަޖިލީސް ކުރާގޭ އިމާރާތުގެ ތެރޭގައި ހަރަކާތްތެރިވަމުންދާކަމަށް ބީބީ ސީ އިން ރިޕޯޓް ކޮށްފައި ވެއެވެ.

ރަޝިޔާގެ އަސްކަރީ ފައުޖްތަކުން ބަރުހަތިޔާރާއެކު އޫކްރޭންގެ އުތުރުގެ ދެސަރަހައްދަކަށް އަރާ ދަނީ ކުރިޔަށް ޖެހެމުންނެވެ.

ޔޫކްރޭން މައްސަލަ ހައްލު ކުރުމަށް ހަފްތާތަކެއްވަންދެން ކުރިޔަށް ގެންދިޔަ ޑިޕްލޮމެޓިކް މަސައްކަތް ތަކުގެ ނަތީޖާ ނުފެނި ރައީސް ޕުޓިންވަނީ އޭނާގެ ޕްލޭން ކުރިޔަށް ގެންދެވުމަށް ނިންމަވާފައެވެ. ޔޫކްރޭން އަކީ އަމިއްލަ މިނިވަން ގައުމެއް ކަމަށް ޕުޓިން ގަބޫލުފުޅު ނުކުރައްވާކަން އެއީ ސިއްރެއްނޫނެވެ. ޕުޓިން ގަބޫލުފުޅު ކުރައްވަނީ ޔޫކްރޭން އަކީ ރަޝިޔާއިން ބިނާކޮށްފައިވާ ރަޝިޔާ އަށް ނިސްބަތްވާން ޖެހޭ ރަޝިޔާގެޓެރިޓަރީ އެއްކަމަށެވެ.

ކުރިޔަށް ދެން ކަންތައް ވާނެ ގޮތެއް އަދި އެކަކަށްވެސް ނޭގެއެވެ. މިހާރު ސާފުވާ ކަމަކީ ހުޅަގުގެ އިންޒާރުތަކުން ޕުޓިން ފަހަތަށް ނުޖެއްސުނު ކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް