ރަޝިޔާއިން ޔޫކްރޭން އަށް އެރުމަށް ނިންމާ ފުރިހަމަބާރާއެކު މިލިޓަރީ ހަރަކާތްތައް ފަށައިފި

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ރަޝިޔާއިން ޔޫކްރޭން އަށް އެރުމަށް ނިންމާ ފުރިހަމަބާރާއެކު މިލިޓަރީ ހަރަކާތްތައް ފަށައިފި

ރަޝިޔާއިން ޔޫކްރޭން އަށް އެރުމަށް ނިންމާ ފުރިހަމަބާރާއެކު މިލިޓަރީ ހަރަކާތްތައް މިއަދު ފަށައިފި އެވެ.ރައީސް ވްލަޑިމިއަރ ޕުޓިންގެ އަމުރުފުޅަށް ފެށި ހަރަކާތުގައި، ރަޝިޔާސިފައިން ފުރަތަމަ ހަރަކާތްތެރި ވަމުންދަނީ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުގައެވެ. ރަޝިޔާ ސިފައިން ކުރިޔަށް ޖެހެމުންދާ ދިއުމުގައި މައި ސިޓީ ތަކަށް ދެވޭ މިސައިލް ހަމަލާތަކާ ބާރު ގޮވުންތަކުގެ އަޑު އިވެމުން ދާކަމަށް ޚަބަރު ލިބެއެވެ.

ނަމަވެސް ރަޝިޔާގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ ލިބޭ ހަބަރުތައް ބުނާގޮތުން ރަޝިޔާއިން ޔޫކްރެއިންގެ އާއްމުން އުޅޭ ސިޓީތަކަށް މިހާތަނަށް ހަމަލާދީފައެއް ނުވެއެވެ. ނަމަވެސް ހަމަލާތައް އަމާޒު ވާނީ މިލިޓަރީ ތަންތަނަށްކަމަށް އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

އަދި ރަޝިޔާގެ ހަރަކާތްތައް ހުއްޓުވަން އެއްވެސް ބަޔަކު މަސައްކަތް ކޮށްފި ނަމަ ވަގުތުން އެކަމުގެ ރައްދު ދެވޭނެ ކަމަށް ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ވިދާޅުވެފައިވެއެވެ.

ރަޝިޔާ ގަޑިން މިއަދު ހެނދުނު 6:00 އެހާކަންހާއިރު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޕުޓިން ވިދާޅުވީ ޔޫކްރެއިންގައި ރަޝިޔާއިން މިލިޓަރީ އޮޕަރޭޝަންއެއް ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި ޔޫކްރެއިން ސިފައިން ހަތިޔާރު ބެހެއްޓުމަށްވެސް ޕުޓިން ވަނީ ގޮވާލައްވާފައެވެ. ނަމަވެސް މިއީ ޔޫކްރެއިން ހިފަން ރަޝިޔާއިން ހިންގާ ހަރަކާތެއް ނޫންކަމަށާއި، މިއީ ޔޫކްރޭންގެ އުތުރުގެ ދެސަރަހައްދުގެ ރައްޔިތުންގެ އަމިއްލަ އެދުމުގެ މަތިން އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާގެ މިލިޓަރީ އޮޕަރޭޝަން ފެށުމާއެކު ޔޫކްރެއިން އެކަން ސިފަކޮށްފައިވަނީ ޔޫކްރެއިން ހިފުމުގެ މަސައްކަތް ރަޝިޔާއިން ފެށުންކަމަށެވެ. ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައިވެސް ވަނީ ރަޝިޔާއިން ޔޫކްރެއިން ހިފުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

ރަޝިޔާ އިން ޔޫކްރޭން ހިފުމުގެ ހަރަކާތައް ފެށިކަމަށް ލިބޭ ޚަބަރުތަކާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ އުފުލިގެން ގޮސްފައެވެ.

ފަހުގެ އަޕްޑޭޓް