ރަޝިޔާގެ ފައުޖްތައް ޔޫކްރޭން އަށް އަރާ ދެމުންދާ ހަމަލާތަކުގައި މަރުވަމުންދާ މީހުންގެ އަދަދުތައް މައްޗަށް

Loading

Facebook
Twitter
WhatsApp

ރަޝިޔާއިން ޔޫކްރޭން އަށް އެރުމަށް ނިންމާ މިއަދު ފަތިހު ފަށާފައިވާ މިލިޓަރީ ހަރަކާތުގައި ހަތްމީހުން މަރުވެ 19 މީހުން ގެއްލިފައިވާ ކަމަށް ޔޫކްރޭން ފުލުހުންނާހަވާލާދީ ލިބޭ ޚަބަރުތައް ބުނެފި އެވެ. ޔޫކްރޭންގެ ބޯޑަރު އިމަށް ހުރުމަތްތެރިކޮން ހިތުމެއް ނެތި އެގައުމަށް އަރާ ރަޝިޔާ ސިފައިން ކުރިޔަށްޖެހެމުން ދާ ދިއުމުގައި ބޮޑެތި ސިޓީތަކުގެ ކައިރީގައިވާ އަސްކަރީ މަރުކަޒު ތަކަށް ބާރުގަދަ މިސައިލް ހަމަލާތައް ދެމުންދާކަމަށް ޚަބަރުލިބެއެވެ. ޔޫކްރޭނުންވެސް ވަނީ ރައީސް ޕުޓިން ”ފުލް ސްކޭލް“ ނުވަތަ އެންމެ ފުރިހަމަ ބަރާއެކު އެގައުމު ހިސޯރު ކުރަން މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ. ތިން ދިމާލަކުން، އުތުރާ އިރުމަތި އަދި ދެކުނު ފަޅިން ރަޝިޔާ ސިފައިން އަރާފައިވާއިރު ބޭލަރުސް ތެރޭން ވެސް ސިފައިން އަރާފައިވާ ކަމަށް ވެއެވެ.

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން މިކަމުގަ ހާސްކަމެއް ނެތްކަމަށާ ޔޫކްރޭން ރައްޔިތުންނަކީ ކޮންމެ ފަދަ ކަމަކަށް ވެސް ތައްޔާރަށް ތިބޭ ހިތްވަރުގަދަ ބަޔެއް ކަމަށާ ކުރިމަތިލާ ކޮންމެ ބަޔަކުވެސް ބަލިކުރާނެ ކަމަށް ޔޫކްރޭން ގެ ރައީސް ވޮލޮޑެމިއަރ ޒެލެންސްކީވަނީ ވިދާޅުވެފައެވެ.

އެންމެ ފަހު ވަގުތުވެސް ހަގުރާމަޔަކަށް ނުގޮސްވޭތޯ ރައީސް ވޮލޮޑެމިއަރ ޒެލެންސްކީ މަސައްކަތް ކުރެއްވި އެވެ. މިގޮތުން ރަޝިޔާއިން އަމަލު ކުރާ ގޮތަކުން ޔޫރަޕްގައި ބޮޑުހަގުރާމެއެއްފެށިދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.އަދި ރައީސް ޕުޓިންގެ އެފަދަ އަމަލަކާ ދެކޮޅަށް ތެދުވުމަށް އޭނާވަނީ ރަޝިޔާގެ ރައްޔިތުންގެ ކިބައިންވެސް އެދި ވަޑައިގެންފައެވެ.

ތިން މިލިއަނެއްހާ މީހުންގެ އާބާދީ އެއް އޮންނަ ޔޫކްރޭން ގެ މިވަގުތުގެ ހާލަކީ ހަގުރާމައިގެ ސައިރަންތަކުގެ އަޑު ބޯވަތިން އިވުމާއެކު ފުރާނަސަލާތްކުރުމަށްޓަކާ ފިލަންތަންތަނަށް ވަދެތިބުމެވެ.

ހަމަލާތައް ފެށުމުގެ ކުރިން ރޭގަވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ ކާރުތަކުގަ ޔޫކްރޭން ދޫކޮށް ދަތުރު ކޮށްފައެވެ. އަދިމިހާރުވެސް ވަނީ ބޭރަށް ދިއުމަށް މަސައްކަތް ކުރާ ވެހިކަލް ތަކުގެ ދިގު ކިއުތައް ބަރިދަމާލާފައެވެ. އަވަށްޓެރި އެތައް ގައުމަކުން ދަނީ ގިނަ އަދެއްގެ ރެފިއުގީން ވަންނާނެ ކަމަށް ބަލާ އެކަމަށް ތައްޔާރުވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް