ބޮޑުބިޔަ ސާރިދޯޅެއް ގޭގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ގެޔަށް ވަދެއްޖެ ނަމަ ވާނީ ކިހިނެއް ؟

Loading

Facebook
Twitter
WhatsApp

500 ޕައުންޑް ނުވަތަ 227 ކިލޯ ގެ ބަރުދަން ހުރި ބިޔަ ސާރި ދޯޅެއް ގޭގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ގެޔަށް ވަދެއްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ބިރު ގަންނާނެ ކަންޔަގީނެވެ.

މިއީ މިވަގުތު ކެލިފޯނިޔާގެ ލޭކްޓާހޯ ގެ އެއް ނެއިބަރހުޑްގައި ދިރިއުޅެންމުންދާ ބަޔެއް މީހުންނަށް ކުރިމަތިވެފައިވާ ބޮޑުބިރެކެވެ.

”ހޭންކް ދަ ޓޭންކް“ ގެ ނަމުން ނަން ދީފައިވާ ބޮޑުސާރިދޯޅެއް ވީއްލި އެހިސާބުގެ އެކިތަންތަނަށް ވަންނަމުން އުޅޭތާ މިހާރު މަސްތަކެއް ވަނީ ވެފައެވެ. އެސޮރު ވީއްލުނުތާ މިވީ ހަތްމަސް ދުވަހުގެތެރޭގައި އެހިސާބުގެ މަގުތަކާ ކޯރުތަކުގައި އުޅޭތަން ފެނިފައި ވެއެވެ. އަދި 33 ޕްރޮޕަޓީ އަކަށް ސީރިއަސް ގެއްލުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން 28 ގެޔެއް އެކިގޮތްގޮތުން ހަލާކު ކޮށްލައިގެން އެގެތަކަށް ވަދެފައިވާކަމަށް ކެލިފޯނިޔާގެ ޑިޕާޓްމަންޓް އޮފް ފިޝް އެންޑް ވައިލްޑްލައިފް އިން ބުނެފައިވެއެވެ. އެންމެ ފަހުން މިދިޔަ ހަފްތާބަންދުގައިވެސް ދެގެޔަކަށް އެފަދަ ބޮޑުޖަނަވާރެއް ވަދެފައިވާތީ އެއީ ހޭންކް ކަމަށް ގަބޫލު ކުރެވެއެވެ. ސައުތު ލޭކް ޓާހޯ ޕޮލިސް ޑިޕާޓްމަންޓުން ބުނީ ހުކުރު ދުވަހުވެސް މީހުން އެވަގުތު ނޫޅޭ ގެއެއްގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ސާރިދޯޅުއެގެޔަށް ވަދެފައިވާ ކަމަށެވެ. އޭތި އެގެއިން ނެރުމަށްޓަކާ ގެޔަށް ވަންނަ މައި ދޮރުގައި އޮފިސަރުން ތަޅަންފެށުމުންވަލުދޮރޯށިން ނިކުމެގެން ހިގައްޖެ ކަމަށް ފުލުހުންބުނެފައިވެއެވެ. ހޮނިހިރު ދުވަހުވެސް ސާރިދޯޅެއް އެހިސާބުގެ ގެޔަކަށް ވަދެފައިވާ ކަމަށްވެއެވެ.ނަމަވެސް އެއީ ހޭންކް ކަމެއް ޔަގީނެއް ނުވިއެވެ.

މިސާރިދޯޅު ގޭގެޔަށް ވަދެ ހެދިނަމަވެސް އެއްވެސް މީހަކަށް ނުވަތަ އޮޅު ޖަނަވާރަކަށް ގެއްލުން ނުދޭކަމަށްވެއެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު އޭތި ތަނަކުންފެންނަ އިރަށް ފުލުހުންނަށާ ވައިލްޑްލައިފް ޑިޕާޓްމަންޓަށް މީހުން ގުޅަން ފަށާކަމަށް ވެއެވެ.މިގޮތުން މިހަފްތާ ބަންދުގައިވެސް ސަތޭކައެއްހާ ކޯލް މިކަމާ ގުޅިގެން ލިބުނު ކަމަށް ވެއެވެ.

ވައިލްޑްލައިފް ޑިޕާޓްނަމްޓްގެ ތަރުޖަމާން ސީ.އެން.އެން އަށް ބުނީ މިކަޅުބެއާ އާ ގުޅޭ ހާދިސާތައް 2021 ގެ ސްޕްރިންގ މޫސުމާ ހަމައިން ފެށިފައިވާ ކަމަށެވެ.ވައިލްޑް ލައިފް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މިބެއާވަނީ އިންސާނުންދެކެ ގަންނަ ބިރު، ކޮންމެވެސް ސަބަބަކާ ހެދި ކެޑިފައެވެ. އަދި ކާއެއްޗެތި ހޯދުމަށް މީހުން އުޅޭ ހިސާބަށް އަންނަނީ ކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

މިސާރިދޯޅުގެ ފުށުން މީހުން ސަލާމަތް ކުރުމަށް އޮތީ ތިންގޮތެކެވެ. އެއީ އޭތި ގެންގޮސް މާދުރު އެހެން ހިސާބަކަށް ދޫކޮށްލުން، ފެސިލިޓީ އަކަށް ލުން ނުވަތަ އިންޖެކްޝަން ޖަހައިގެން މަރާލުމެވެ.ނަމަވެސް ސާރިދޯޅު ދިރުވާ އާލާ ކުރުމަށް މަސައްކަތް ކުރާ ގްރޫޕް ތަކުން ދަނީ އޭތި މެރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.އޭތި ރިލޮކޭޓް ކުރިނަމަވެސް އެޔަށް ނަފްސާނީ ގޮތުން ގެއްލުން ތަކެއް ލިބޭނެތީ އެކަންވެސް ފުރިހަމަޔަށް ތައްޔާރުވެގެން ނޫނީ ކުރެވޭކަށް ނެތެވެ.

ކޮންމެ އަކަސް މިވަގުތަށް އޮތީ ގޭގެ ދޮރުތައް އެޔަށް ހަލާކުނުކުރެވޭހާ ވަރުގަދަ ކޮށްގެން ނާދޭތޯ ދުއާ ކޮށްލަކޮށްލާ ތިބުމެވެ.އޭތި އަންނަނި ކާއެއްޗެތި ހޯދަންކަމުން ކާބޯތަކެތި ގެންގުޅުމުގައި ވީހާވެސް ވަސް ނުދުވާ ގޮތަށް ތައްޔާރުކޮށް ބޭނުންކުރުމަށް އަދި ސްޓޮކް ކުރުމަށް އޮފިޝަލުން އެދެއެވެ. މިވަގުތު އޭތި ވީތަނެއް ނޭގޭ ކަމަށް ވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް