އެޗް އައިވީ ޖެހުނު މީހަކު ރަގަޅުކުރެވިއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގައި އެޗްއައިވީ ޖެހިފަ ހުރި އަންހެނަކު ރަގަޅު ކުރެވިއްޖެ ކަމަށް ޚަބަރު ލިބެއެވެ. މިއީ މުޅި ދުނިޔޭގައިވެސް އެޗްއައިވީ ޖެހިގެން ރަގަޅު ކުރެވުނު ތިންވަނަ މީހާ ކަމަށް ވެއެވެ. އަދި ފުރަތަމަ އަންހެން މީހާއެވެ.

ލުކީމިޔާ ޖެހި ފަރުވާ ހޯދަމުން އައި އަންހެން މީހާ އެޗްއައިވީ އިން ސަލާމަތް ވެފައިވަނީ ސިއްހަތު ސަލާމަތުން ހުރި މީހެއްގެ ސްޓެމް ސެލް ވަކި ޚާއްސަ ގޮތަކަށް ނަގާ ބޭނުން ކުރުމުގެ ސަބަބުން ކަމަށް ވެއެވެ. އޭނާގެ ހަށިގަޑުގައި އެޗްއައިވީގެ ވައިރަސް ނެތްތާ މިހާރު 14 މަސް ދުވަސް ވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މި ކޭސްގެ މައުލޫމާތު ވަނީ ޑެންވަރ ގައި ކުރިޔަށް ދިޔަ މެޑިކަލް ކޮންފަރެންސް އަކަށް ހުށައަޅާފައެވެ. ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އަންހެން މީހާޔަށް ފަރުވާ ދިނުމަށް ލޭނެގިފައިވަނީ ސިއްހަތު ސަލާމަތުންހުރި މީހެއްގެ ފޫޅު ދަޑިއަކުން ކަމަށް ވެއެވެ. އަދި އެއަށްފަހު ކުރިން އެޗްއައިވީ އަށް އޭނާ ހޯދަމުން އައި އެންޓި ރެޓްރޯ ވައިރަލް ތެރަޕީ ކުރިޔަށް ގެންދަން ނުޖެހުނު ކަމަށްވެއެވެ.

އެޗްއައިވީ ޖެހޭ މީހުންނަށް އެންޓި ރެޓްރޯ ވައިރަލް ތެރަޕީ ދިނުމުން ގާތްގަޑަކަށް ސިއްހަތު އާންމު ހާލަތަކަށް ގެންގޮސްދެއެވެ. ނަމަވެސް ފުރިހަމަ ފަރުވާއެއްގެ އުންމީދު އަދިވެސް އޮތީ ވެކްސީން އެއް ނުވަތަ ބޭހެއް ހޯދުނު ދުވަހަކުންނެވެ.

ދުނިޔޭގައި މިވަގުތު އެޗް އައިވީ ޖެހިފައިވާ 37 މިލިއަން މީހުން ތިބި އިރު ސައިންޓިސްޓުން ގަބޫލު ކުރާ ގޮތުގައި މިގޮތަށް ފޫޅުދަޑިން ލޭނަގައިގެން އެޗްއައިވީ އަށް ފަރުވާ ދިނުން އެއީ އަދި އާންމުކޮށް ކުރެވިދާނެ ކަމެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް