އުތުރު އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރްދޭޝްގައި ކުރިޔަށް ދިޔަކައިވެނި ހަފްލާއެއްގެ ތެރޭން ބަޔަކު މަތިޖަހާފަ ހުރި ވަޅަކަށް ވެއްޓި އޭގެތެރޭން 13 މީހުން މަރުވެއްޖެ އެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި ވަޅަށް ވެއްޓިފައިވަނީ އަންހެނުންނާއި ކުޑަކުދިން ތަކެކެވެ. ދަގަޑު ސްލެބް އެއް އަޅާ މަތިޖަހާފަ ހުތި ވަޅުމަތީ އެމީހުން އިށީދެ ތިއްބާ ސްލެބް ބިންދައިގެންގޮސް ވަޅުގެ ތެރެއަށް އެމީހުންވެއްޓުނީ ކަމަށް ވެއެވެ. އެއާއެކު އެހެން މީހުން އައިސް ވަޅުން މީހުން ނަގާ ކައިރީގައި ހުރިހޮސްޕިޓަލް އަކަށް ގެންދިޔަނަމަވެސް 11 މީހުން އޭރުވެސް ވަނީ މަރުވެފައި ކަމަށް ޚަބަރުލިބެއެވެ.ދެމީހުން މަރުވެފައިވަނީ ހޮސްޕިޓަލް އަށް ގެންދިޔަ ފަހުންނެވެ. އިތުރު ދެމީހުން ނަށް އަނިޔާތައް ލިބި މަރުނުވެ ސަލާމަތްވެފައި ވެއެވެ.
ބުދަދުވަހު މި ހާދިސާ ހިގާފައިވަނީ އިންޑިޔާގެ ކައިވެނި ތަކުގައި އޮންނަ ހަލްދީ ސެރެމަނީ ގެ ތެރެއިންނެވެ.