އިނގިރޭސި ރާނީ އެލިޒަބަތު 2 އަށް ކޯވިޑް-19 ޖެހިއްޖެ

Loading

Facebook
Twitter
WhatsApp

އިނގިރޭސި ރާނީ އެލިޒަބަތު 2 އަށް ކޯވިޑް-19 ޖެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ރާނީ އެލިޒަބަތު އަށް ބަލިޖެހުނު ނަމަވެސް ޙާލުކޮޅު ރަނގަޅެވެ. މިވަގުތު ފެންނަނީ އާދައިގެ އައިދަފުސް ރޯގާއެއްގެ އަލާމާތްތައް ކަމަށާ އެހެން ނަމަވެސް ސިއްހީމާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލު ކުރެއްވުމާއެކު ކުރިޔަށް އޮތް ހަފުތާގައި މަޤާމުގެ ބައެއް މަސްޢޫލިއްޔަތު އަދާ ކުރައްވާނެ ކަމަށް ގަޑުވަރުގެ ބަޔާނުގައި ވެއެވެ.

ޢުމުރުފުޅުން 95 އަހަރުގެ ރާނީ ވަނީ ދޮށީ ދަރިކަލުން އަދި ރަސްކަމުގެ ތަޙްތަށް ދެންވަޑައިގަންނަވަން ހުންނެވި ޕްރިންސް ޗާލްސް އާ ވަރަށް ފަހުން ބައްދަލް ކުރައްވާފައެވެ. ޕްރިންސް ޗާލްސް ވަނީ މިދިޔަ ހަފްތާގައި ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޢުމުރުފުޅުން 73 އަހަރުގެ ޗާލްސް އަށް އެންމެ ފުރަތަމަ ކޯވިޑް-19 ޖެހިފައިވަނީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭގެ ދުވަސްކޮޅެއްފަހުން އޭނާގެ ދަރިކަލުން ވިލިއަމް އަށް ވެސްވަނީ ބަލިޖެހިފައެވެ. ޗާލްސް އަށް ދެވަނަ ފަހަރަށް ބަލިޖެހުނުކަން އެނގުނުތާ ހަތަރު ދުވަސްފަހުން އޭނާގެ އަނބިކަނބަލުން ކެމިލާއަށް ވެސް ކޯވިޑް-19 ޖެހިފައިވާކަން އިނގިރޭސިވިލާތުގެ ވަލީއަހުދުގެ ގަނޑުވަރުންވަނީ ހާމަކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް