ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕޯލިއޯ ކޭސް އެއް ފެނިއްޖެ

Facebook
Twitter
WhatsApp
Malawi Polio

އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީގައި ވައިލްޑް ޕޮލިޔޯ ކިޔާބަލީގެ ކޭސް އެއް ފެނިއްޖެ އެވެ. މިއީ ފަސްއަހަރުތެރޭ މުޅި އެފްރިކާ އިންވެސް ޕޯލިއޯ ބަލި ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

މަލަވީން ޕޯލިޔޯ ޖެހުނު ކަމަށް އިގިފައިވަނީ ކުޑަކުއްޖަކަށެވެ. މިކުއްޖާގައިން ފެނުނު ޕޯލިއޯ ސްޓްރެއިން އަކީ ޕާކިސްތާނުން ވެސް އަދިވެސް ފެންނަމުންދާ ވައްތަރު ކަމަށް ޑަބްލިއު އެޗްއޯ އިން ބުނެފައިވެއެވެ.މަލާވީން ޕޯލިއޯ ބަލި ފެނުމާ ގުޅިގެން ޑަބްލިއު އެޗް އޯ އިން އަވަސް އެހީގެ ފިޔަވަޅު ތަކެއް އަޅަމުންދާކަމަށް ޚަބަރުލިބެއެވެ.

އެފްރިކާ ބައްރުން ޕޯލިއޯ ފިލުވާލެވިއްޖެ ކަމަށް 2020 ވަނަ އަހަރު އިއުލާން ކޮށްފައި ވެއެވެ. ޑަބްލިއު އެޗް އޯ އިން ބުނީ އަލަށް ބަލީގެ އެއް ކޭސް އަދި ފެނުނު ނަމަވެސް މި ސްޓޭޓަސް ބަދަލު ނުވާނެ ކަމަށެވެ.ޑަބްލިއު އެޗް އޯގެ ރީޖަނަލް ޑައިރެކްޓަރ ފޯ އެފްރިކާ ވިދާޅުވި ގޮތުގައި އެއްވެސް ގައުމެއްގައި ވައިލްޑް ޕޯލިއޯ އުޅޭނަމަ އެހެން ގައުމު ތަކަށް ފެތުރުމުގެ ބިރު އޮންނާނެއެވެ. އެހެން ކަމުން މަލާވވީގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އެޖަމާއަތުން އިމަރޖެންސީ ފިޔަވަޅު ތަކެއް އަލަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް މަލާވީގެ ސިއްހީ އިދާރާތަކުން ފެށި މަސައްކަތަށް އެހީތެރި ވެދީ، ވެކްސިން ޖެހުން އިތުރު ކޮށް ހަލުވި ކުރުން ހިމެނެއެވެ.

އެފްރިކާއިން އެންމެ ފަހުންޕޯލިއޯ ބަލި ފެނިފައިވަނީ ނައިޖީރިޔާގެ އުތުރުގެ ހިސާބަކުން 2016 ވަނަ އަހަރުއެވެ. އަދި 2021 ވަނަ އަހަރު މުޅިދުނިޔޭން ވެސް ފެނިފައިވަނީ ޕޯލިއޯގެ އެންމެ ފަސް ކޭސް ކަމަށް ވެއެވެ.

ތަޤައްޔަރު ވެފައިވާ ފެނާ ކާބޯތަކެތީގެ ޒަރިއްޔާއިން ފެތުރޭ ޕޯލިއޯ ބައްޔަކީ ފަސޭހައިން ޖެހޭ ބައްޔެކެވެ. ބަލީގެ ވައިރަސް ހަށިގަޑުގެ ތެރެޔަށް ވަނުމާއެކު ހަށިގަޑުގެ ނަރވަސް ސިސްޓަމް ވަރަށް އަވަހަށް ބަލިކޮށްލައެވެ. އަދި ބަލި ޖެހޭތާ ދާދި އަވަހަށް ދެފައިން ހަރަކާތް ކެޑިދެއެވެ.މި ބައްޔަށް ވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ރަގަޅު ވެކްސީންއެއްވަނީ 1950 ހުގެ އަހަރުތަކުތެރޭ ހޯދިފައެވެ މިއާއެކު ދުނިޔޭގެ ގިނަ ހިސާބުތަކުން ވަނީ ބަލި ނައްތާލެވިފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް