ކޮވިޑް 19އާ ގުޅިގެން ރަށް ބަންދުކޮށްލުމުން ޗައިނާ އަށް ވާރޭ ވެހުނު ވަރު އިތުރުވި

Loading

Facebook
Twitter
WhatsApp

ޗައިނާގެ ސައިންޓިސްޓުން ބުނާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ރަށް ބަންދުކޮށް ދުއްވާ އެއްޗެތި ދުއްވުން ކުއްލިއަކަށް ހުއްޓާލުމުން 2020ވަނަ އަހަރު ޗައިނާޔަށް ވާރޭ ވެހުނު މިންވަރު އިތުރު ވެފައިވެއެވެ. މިގޮތުން ގްރީން ހައުސް ގޭސްތައް ޖައްވަށް އެރުން މަދުވެ އަދި އެއިރޮސޯލޯ އޭކިޔާ ކުދިކުދި މާއްދާތައް ޖައްވަށް އެރުން މަދުވުމުގެ ސަބަބުން ވާރޭ ވިލާ އުފެދުމަށް ބާރަކަށް ވީކަމަށް އެމީހުން ބުނެއެވެ.ނަމަވެސް ދިގުމުއްދަތަކަށް ޖައްވަށް ދުން ފޮނުވުން ހުއްޓާލާނަމަ ވާރޭގެ ސައިކަލް އަށް މިބަދަލް ނާންނާނެ ކަމަށް އެމީހުން ބުނެއެވެ.

2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޗައިނާޔަށް ކުރިމަތިވި ވާރޭގެ ތޫފާނުގައި އެތައްސަތޭކަ ބަޔަކު މަރުވެ އެތައް މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހުނެވެ.ވާރޭ ވެހުނު ލެއް ގިނަކަމުން ޔެންގޒީ ކޯރުވެސް 1961 ވަނައަހަރަށް ފަހު ނުއުފުލޭހާ ބޮޑަށް އުފުލުނު ކަމަށްވެއެވެ. މިދިޔަ އަހަރުގެ ޖޫން އަދި ޖުލައި މަހު ޗައިނާޔަށް ވާރޭ ވެހުނު މިންވަރު ފާއިތުވި 41 އަހަރުގެ އެމުއްދަތުގައި ވާރޭ ވެހުނު މިންވަރަށް ވުރެ އިތުރެވެ.

ޗައިނާއަށް 2020ވަނަ އަހަރުއަދި 2021 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވި ސަބަބުތައް ދެނެގަތުމަށް އެތައް ސައިންޓިފިކް ސްޓަޑީ ތަކެއް ހެދުނު ކަމަށްވެއެވެ. މިގޮތުން މަސައްކަތް ކުރި ބައިނަލްއަގްވާމީ ޓީމަކުން މިހާރުވަނީ މިހެން ދިމާވީ ކޮވިޑް 19ޔާ ގުޅިގެން ގެނައި ލޮކްޑައުންގައި އެއްޗެތި ދުއްވުން ކުއްލިއަކަށް ހުއްޓާލުމާއި ގުޅިގެންނެވެ. މިޓިމުންސާބިތު ކޮށްދީފައިވާ ގޮތުގައި ޖައްވުގައި އެއިރޮސޯލް ހިމެނޭ މިންވަރު އިތުރުވަމުން އައުމާއި ގުޅިގެން ޗައިނާގެ އިރުމަތީ އަދި މެދުތެރޭގެ ހިސާބުތަކަށް ހޫނުމޫސުމުގައި ވާރޭ ވެހޭ މިންވަރު ފާއިތުވީ ސާޅީހަކަށް އަހަރުތެރޭ އައީ ދަށް ވަމުންނެވެ. ކޯލް ނުވަތަ ބޯޓުދެލި އެންދުމުން އަރާ ދުމުގައި އެކުލެވޭ މާއްދާއެއްކަމަށްވާ އެއިރޯސޯލް ގެ ސަބަބުން ބޮޑެތި ވާރޭވިލާ އުފެދުން ދަށް ކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ވާރޭގެ ތޫފާންތައް މަދުވެ ވިލާގަޑުގެ ބާރު ކުޑަވެއެވެ.

ހުރިހާ ސަރުކާރުތަކަކުންވެސް މިހާރު ގެންދަނީ ޖައްވަށް ދޫކުރާ ވިހަ ދުން މަދުކުރުމަށް ފިޔަވަޅު އަޅަމުންކަން ފާހަގަ ކުރުމުން މާހިރުން ބުނެފައިވަނީ ރޭވުންތެރިކަމާއެކު މަޑުމަޑުން ވިހަގޭސް އެރުން ހުއްޓުމާ، ކުއްލިއަކަށް ހުއްޓުމާވެސް ނަތީޖާ ތަފާތު ވާނެ ކަމުގައެވެ. ލޮކްޑައުންގަ ހެދި ގޮތަށް ކުއްލިއަކަށް ހުއްޓާލުމުން ކްލައިމެޓް ސިސްޓަމް ގެ ގުޅިލާމެހިގެން ކުރިޔަށްދާ ނިޒާމަށް ކުއްލި ބަދަލު އަންނަނީ ކަމަށް މަހިރުން ބުނެފައި ވެއެވެ. ނަމަވެސް މާހިރުން ބުނީ ރޭވުންތެރިކަމާއެކު މަޑުމަޑުން ވިހަގޭސް އެރުން ހުއްޓުވާނަމަ 2020 ވަނަ އަހަރު ފެނުނު މަންޒަރު ނުފެންނާނެ ކަމުގައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް