ކޮވިޑް 19 އާ މެދު އާންމުން ދެންވެސް ފަރުވާ ކުޑަކޮށްގެންނުވާނެ: ބޮރިސް ޖޯންސަން

Facebook
Twitter
WhatsApp
Boris_Johnson_

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އިގިރޭސި ވިލާތުގައި އަޅާފައިވާ ހުރިހާ ފިޔަވަޅުތައް މިމަހުގެ ތެރޭ ނިމުމަކަށް ގެންނަން ތައްޔާރު ވަމުންދާއިރު ،އެގޮތަށް ކަންތައް ކުރިނަމަވެސް ކޮވިޑް 19 އާމެދު އާންމުން ފަރުވާތެރިވުން ދޫކޮށްލައިގެން ނުވާނެ ކަމަށް އިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ބީބީސީ އަށް ދެއްވި އިންޓަރވިއު އެއްގައި ޖޯންސަން ވިދާޅުވީ ކޮވިޑް 19 އަކީ އަދިވެސް ބައެއް މީހުންނަށް ނުރައްކާ ކުރުވާނެ ބައްޔަކަށް ވިޔަސް މިވަގުތަކީ އެންމެންގެ އިތުބާރު އަލުން ހޯދަންވީ ވަގުތު ކަމުގައެވެ. އެގޮތުން، މަޖްބޫރުން އަޅަން ޖެހޭ ފިޔަވަޅުތަކާ ދުރަށް އެންމެންގެ ސަމާލުކަން މިވަގުތު ޖެއްސިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް 19 ޔާއެކު އުޅެންދަސްކުރާ ޕްލޭންއެއްގެ ދަށުން، އައިސޮލޭޓް ވާން ގާނޫނީ ގޮތުން މަޖްބޫރު ކުރާ މާއްދާ އަންނަ ހަފްތާ ގައި އުވާލާނެ ކަމަށް ވެއެވެ. މިވަގުތު އަމުރުތައް އޮތްގޮތުން ވެސް އައިސޮލޭޓް ވާން ޖެހެނީ ހަމައެކަނި ބަލީގެ އަލާމާތްތައް ހުންނަ މީހުންނެވެ.

ބީބީސީ ގެ ސަންޑޭ މޯނިންގ ޝޯގައި ވާހަކަފުޅު ދައްކަވަމުން ބޮރިސް ޖޯންސަން ވަނީ މަޖްބޫރުން ކަންތައްތައް ހުއްޓުވުމުގެ ބަދަލުގައި އޭނާ ބޭނުންފުޅުވަނީ ވެކްސިން އަށް ބަރޯސާވާ ނިންމުންތަކެއް ކަމަށް ވިދާޅުވެފައެވެ. ކުރިޔަށް އޮތް ދުވަސް ތަކުގަ އަނެއްކާވެސް ކަންކަން މަނާ ކުރެވިގެން ދާތަން ފެނިދާނެތޯ ދެންނެވުމުން ވިދާޅުވީ އެ އަމުރުތައް އަލުން އެބުރި އައުމަށް އެދިވަޑައިނުގަންނަވާ ކަމަށާ އެހެންނަމަވެސް ގުދްރަތުން ކުރިމަތި ކުރުވަފާނެ ކަމަކަށް ބޯލަނބަން ޖެހޭނެ ކަމުގައެވެ.

ކޮވިޑްޖެހޭ މީހުންގެ ނަމްބަރުތައް މަތިކޮން ހުރިނަމަވެސް ފިޔަވަޅުތައް އެހާއަވަހަށްއުވާލަން ސަރުކާރުން ނިންމުމާ ގުޅިގެން އިދިކޮޅު ލޭބަރ ޕާޓީ އިން ބުނެފަވަނީ ބޮޑުވަޒީރު ހަގުރާމަ ނިމުމުގެ ކުރިން ކާމިޔާބީ އިއުލާން ކުރައްވަނީ ކަމުގައެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ފާސްކކޮށްފައިވާ ގާނޫނީ އަމުރުތައް ކުރިން އޮތީ އަންނަ މާޗްމަހުގެ 24 ވަނަ ދުވަހު ނިމުމަކަށް ގެންނަ ގޮތަށެވެ. ނަމަވެސް މިދިޔަ ހަފްތާގައި ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ ނަމްބަރުތަކަށް ބަލާ މިމަހުވެސް ފިޔަވަޅުތައް އުވާ ލެވިދާނެ ކަމަށް ވިދާޅުވެފައެވެ.

އިގިރޭސި ވިލާތުގައި ހޮނިހިރު ދުވަހު އެކަނި 34،377  ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އެގައުމުގަ ކޮވިޑް މަރެއް ކަމަށް ބަލަނީ ޕޮޒިޓިވް ނަތީޖާ ލިބޭތާ 28 ދުވަސް ތެރޭ މަރުވާ މީހުންނެވެ.

 

 

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް