މަޑީގެ ރޮދިން އަނިޔާވެގެން ވެއްޓޭ ދޫނިތަކަށް ފަރުވާދީ ރަގަޅުކުރާ ދެބެން

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ވެރިރަށް ނިއުދިއްލީ ގެ ވަޒީރު އާބާދު ކިޔާ އައަވަށުގައި އާދަޔާޚިލާފް މަސައްކަތެއް ކުރާ ދެބެން އުޅެއެވެ. ނިއުދިއްލީ އަކީ ޖައްވުތެރޭގައި އަބަދުވެސް ގިނަ އަދަދެއްގެ ދޫނި ހޯރަ އަޅައަޅާ އޮންނަ ތނަކަށް ވާއިރު ، މޫސުން ރީތި ދުވަސްވަރެއްނަމަ މަޑިއެރުވުމުގެ ފޯރި ވަރަށް ގަދަ ސިޓީ އެކެވެ. މިސިޓީގައި މިދެންނެވި ދެބެން ކަމަށްވާ މުހައްމަދު ސައުދު އަދި ނަދީމް ޝެހެޒާދު ކުރާ މަސައްކަތަކީ ފުޅިތޮށިލާފައި ހުންނަ މަޑީގެ ރޮދި ނުވަތަ ކަންވާރުން ޖެހި އަނިޔާވެގެން ވެއްޓޭ ދޫނިތައް ހޮވައިގެން އެއްކޮށް އެސޮރުމެންނަށް ފަރުވާދީ ރަގަޅު ކުރުމަށް ފަހު ދޫކުރުމެވެ. މިގޮތުން ކޯރުތެރެޔަށް ވެއްޓޭ ދޫނިތައް ސަލާމަތް ކުރުމަށް މިދެމީހުންފަތާފަ ގޮސް ދޫނިތައް ނަގާ ކަމަށްވެއެވެ. އެމީހުންގެ ގޭގެ ގަރާޖް ގައި ހަދާފައިވާތަނަކަށް ދޫނިތައް ގެންގޮސް ކުރާ މަސައްކަތުގެތެރޭގައި ފައި ކެދިފަ ހުންނަ ތަންތާ ބޭސް އެޅުމާ ފިޔަގަޑު ބިދިފަ ހުންނަ ނަމަ އެކަމަށްވެސް ފަރުވާ ކުރުމާ އަދި އެހެންވެސް ދޫނިތަކަށް ލިބިފަ ހުންނަ އަނިޔާތަކަށް ފަރުވާ ދީ ފަސޭހަ ކުރުމެވެ.

އެދެބެން ބުނާ ގޮތުގައި ދިރޭ މަޚްލޫގަކަށް ކޮންމެ ހެން އަޅާލަންޖެހޭނީ އެއެއްޗެއް ނުވަތަ އެމިހަކު އެއްރަށަކަށް އެއްދީނަކަށް ނުވަތަ އެއް ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާތީކީ ނޫނެވެ. ހަމައެކަނި ފުރާނައިގެ ގުޅުމުންވެސް ދޫނިތަކާ އިންސާނުންނާ ގުޅިފައިވާކަމަށާ ދޫނިތަކަށް އެހީތެރިވަނީ އެހެން ވެގެން ކަމަށް އެދެބެން ބުނެފައި ވެއެވެ.

މިދެބެންގެ މަސައްކަތަށް މިހާރުވަނީ ވަނަ ލިބިފައިވާ ޑޮކިއުމެންޓަރީ ފިލްމެއްވެސް އުފައްދާފައެވެ. މިފިލްމް ގެ ނަމަކީ ”އޯލް ދެޓް ބްރީދްސް] އެވެ.މިފިލްމަށް ވަނީ މިއަހަރު ބޭއްވުނު ސަންޑާންސް ފިލްމް ފެސްޓިވަލްގައި ވަރލްޑް ސިނަމާ ޑޮކިއުމެންޓަރީ ކޮމްޕެޓިޝަނުން އެއްވަނަ ލިބިފައެވެ.

މިދެބެން މިމަސައްކަތް ކުރާތާ މިހާރު ވިހި އަހަރުވެފައިވާ ކަމަށްވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް