ލަގްޒަރީ ކާރު އުފުލަމުން ދިޔަ ކާގޯ ބޯޓެއްގައި ރޯވެ އަދަމުން ދަނީ

Loading

Facebook
Twitter
WhatsApp
navio incendiado A??ores_17fev

ލަގްޒަރީ ކާރުގެ ޝިޕްމަންޓެއް ހިފައިގެން ދަތުރުކުރި ބޮޑު ކާގޯ ބޯޓެއްގައި ހިގި އަލިފާނުގެ ހާދިސާއަކަށްފަހު ބޯޓުގައި ރޯވުމުން އެޓްލާންޓިކް ކަޑުތެރެޔަށް އޮޔާ ދާން ބޯޓު ދޫ ކޮށްލައިފިއެވެ.ބޯޓުގެ ކާގޯ ބަރުކުރާބައިގައި ރޯވެ އަލިފާންގަޑު ފެތުރެން ފެށުމުން ފަޅުވެރިންނަށް ބޯޓު ދޫކޮށް ފޭބުމަށް މަޖްބޫރުވިއެވެ. ހާދިސާ ހިގިއިރު އެންމެ ކައިރީގައިވާ ޕޯޗުގީޒް ނެވީން މައުލޫމާތު ދިން ގޮތުގައި ބޯޓުގެ 22 ފަޅުވެރިންނާއި ކެޕްޓަން ވަނީ ސަލާމަތް ކުރެވި ޕޯޗުގީޒް ހޮޓަލަކަށް ގެންދެވިފައެވެ

656 ފޫޓު ދިގު ކާގޯ ބޯޓު ”ފެލިސިޓީ އޭސް“ ގައި އަލިފާން ރޯވީ އުތުރު އެޓްލާންޓިކް ކަޑުން ދަތުރު ކުރަނިކޮންނެވެ. ޖަރމަނީގެ އެމްޑެން އިން ފުރައިގެން ރޯޑް އައިލަންޑް އަށް ދިއުމަށް ދަތުރުކުރި މިބޯޓުގަ ގިނަ އަދަދަކަށް ޕޯޝް، ވޯލްސްވެގަން ފަދަ ކާރުތައް ހުރި ކަމަށް ވެއެވެ.

ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ ”ފެލިސިޓީ އޭސް“ އޮޕަރޭޓް ކުރަނީ ޖަޕާނުގެ ޝިޕިންގ ލައިން އަކުންނެވެ.ބޯޓުގައި ރޯވި އަލިފާން ގަނޑު އަދަމުން ދިޔަނަމަވެސް ބޯޓު ޓޯ ކުރެވޭނެ ގޮތެއް އޮތްތޯ ބޯޓުގެ ވެރިފަރާތުން ބަލަމުން ދާކަމަށް ޚަބަރު ލިބެއެވެ.

17 ހާސް މެޓްރިކް ޓަނުގެ ކާގޯ އުފުލޭ ބޯޓުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން ކަޑަށް ތެޔޮލީކްވުން ފަދަ ކަމެއް އަދި ނުހިގާކަމަށް ބުރާސްފަތި ދުވަހުގެ ޚަބަރުތައް ބުނެފައިވެއެވެ. ބޯޓާ އެކު ޕެޓްރޯލް ކުރާ އުޅަދެއް ދަތުރުކޮށް ހާލަތު މޮނިޓަރ ކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް