މަރުވެފައިއޮތް ހަށިގަނޑު ކުނިވެފައި، ފުލުހުންގެ މަސައްކަތާމެދު އާންމުންގެ ނުރުހުން

ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ފަތިހު 04:53 ހާއިރު، ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން އަޒުހާން ކާރަކަށް އަރާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަން ފުލުހުން ހާމަކުރީ ސެޕްޓެމްބަރު މަހުގެ 25 ވީ އާދީއްތަ ދުވަހު އެވެ. ފުލުހުން އޭރު ބުނި ގޮތުގައި އަޒުހާން އަރާފައިވަނީ ހުދުކުލައިގެ ކާރަކަށެވެ. އަދި އެދުވަހުގެ ރޭ އެރޭ ފުލުހުން […]
ހަތަރު ރަށެއްގެ ބައި އިލެކްޝަންގެ ވޯޓްލުން ކުރިއަށް

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް އެބަދެއެވެ. ބައި އިލެކްޝަންގެ ވޯޓް ލުން ކުރިއަށް ދަނީ ށ. މާއުގޫދޫ އާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަބިދޫގެ ބައި އިލެކްޝަންގެ ވޯޓް ލުމެވެ. އޭގެތެރޭގައި ހިމެނާ ށ. މާއުނގޫދޫގައި ވޯޓްލުން ކުރިއަށްދަނީ އެރަށު ކައުންސިލް މެންބަރެއް ހޮވުމަށެވެ. ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ ގައި ވޯޓުލަނީ އެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ […]
ރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނަކުރުމަށް ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ ތައުލީމީ ނިޒާމް މިހާރަށް ވުރެ ކުރިއަރުވައި ފެންވަރުރަގަޅުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 139 މިލިއަން ރުފިޔާ ( 9 މިލިއަން ޑޮލަރު)ގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. ވޯލްޑް ބޭންކުން ހާމަކުރާގޮތުގައި ރާއްޖޭގ ތައުލީމީ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އެ ބެންކުން ފާހަކޮށްފައިވާ ކަންކަމުގެ ތެރޭގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާ އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމާއި އަތޮޅުތެރޭ ރައްތަކުގައި ތަފާތު ހުންނަކަން ފާހަގަކޮށްފައި ވެއެވެ. […]
އެމްސީއެލްގެ މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ފޭސް ދޭއްގައި އެ ކުންފުނިން އިމާރާތްކުރި ފްލެޓްތައް ލިބުނު މުވައްޒަފުންނަށް ފްލެޓް ހަވާލުކޮށްފި އެވެ. ފްލެޓްތައް ލިބުނު މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.އެމްއޭސީއެލްގެ ފްލެޓް އިމާރާތް ހަދާފައިވަނީ 14 ދެ ޓަވަރަށް ވާހެން 384 އެޕާޓްމަންޓާއި އުކުއެވެ. އެމްއޭސީއެލް ބުނީ އެ ފްލެޓް އިމާރާތުގައި ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް […]
ސިފައިންގެ ޕެރޭޑް ނ އަތޮޅުގެ ބައެއް ރަށްތަކަށް

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑްތައް، ނ. އަތޮޅުގެ ތިން ރަށެއްގައި ބޭއްވާނެ ކަމަށް އެމްއެންޑީއެފްން ބުނެފިއެވެ. އެމްއެންޑީއެފްން މިއަހަރުގެ ގައުމީ ޕެރޭޑް ފަށާފައިވަނީ މިއަހަރުގެ ގައުމީ ދުވަސް ފާހަކުރި ހއ އުތީމުގައި އިއްޔެއެވެ. މި ޕެރޭޑް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމދު ސާލިހާއި ޑިފެންސް މާރިޔާ އަހްމަދު ދީދީ ވަނީ ބައްލަވާލައްވާފައެވެ. އެމްއެންޑީއެފުން ބުނީ އުތީމަށްފަހު ދެން ބާއްވާ ޕެރޭޑް އޮންނާނީ މިއަދު ހަވީރު، ނ.ކެނދިކުޅުދޫގައި އޮންނާނެ ކަމަށާ އަދި، […]
އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ހިލޭ ލޮލުގެ ސްކްރީނިން

އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަކޮށް ހިލޭ ލޮލުގެ ސްކްރީނިން ހެދުމަށް ތައާރްކޮށްފި އެވެ. އުރީދޫން ބުނީ މިއީ އައިކެއާ އާއި ގުޅިގެން އެ ކުންފުނިން ކުރިއަށް ގެންދާ އޮފާ އެއްކަމަށާ މި މި އޮފާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރަކަށް ވެވޭނީ 1،000 ރުފިޔާއަށް ވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ނެގުމުން ނުވަތަ އުރީދޫ ސުޕަނެޓް ޕެކޭޖުގެ 40އެމްބީއަށް ވުރެ މަތީގެ […]
އިސްތިއުފާ ދެއްވި މެޖިސްޓްރޭޓްގެ މައްސަލަ ފުލުހަށާއި އޭސީސީއަށް

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް ހުންނެވުމަށް ފަހު މި މަހު ކުރީކޮޅު އިސްތިއުފާ ދެއްވި އަހްމަދު ސައީދު އަލީގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. އަހުމަދު ސައީދު މި މަހު ހަ ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދަނިކޮށެވެ. އޭނާއާ ދެކޮޅަށް ބަލަނީ ވެލިދޫ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް ޖޭއެސްސީ އަށް ހުށަހެޅި ޝަކުވާއެއްގެ މައްސަލަ އެވެ. ޖޭއެސްސީން މިއަދު […]
ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމުހޫރިއްޔާ އާއި އަނބިކަބަލުން ބައިވރިވެވަޑައިގަންނަވައިފި

1444 ގައުމީ ދުވަހާއި ގުޅިގެން، ހއ. އުތީމުގައި ބޭއްވި ދިދަނެގުމުގެ ހާއްސަ އިހްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ގަނޑުވަރު މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދިދަނެގުމުގެ ރަސްމިއްޔާތަށް ގަނޑުވަރު މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، މިނިސްޓަރ […]
ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްގެން ކޮންފަރެންސެއް ބާއްވައިފި

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ‘’މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022“ ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ. މި ކޮންފަރެންސް ބާއްވާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެންނެވެ. ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެކި އިދާރާތަކުން ޖުމްލަ 50 މުވައްޒަފުންނާ އެކީ އިސްކަންދަރު ބިލްޑިންގައި އިއްޔެއާއި އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ވަޒީފާގެ މާހައުލާއި ދިރިއުޅުމުގެ އެހެނިހެން […]
އެމްއެންޑީއެފްން ގައުމީ ދުވަހާއި ގުޅިގެން ލަވް އަލްބަމެއް ނެރެފި

ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމްއެންޑީއެފް އިން “ ދިވެހި ރާއްޖެ“ ނަމުގައި ލަވަ އަލްބަމެއް ނެރެފިއެވެ. އެމްއެންޑީއެފްން ބުނީ މި ލަވަ އަލްބަމަކީ އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ޤައުމީ ލަވަ އަލްބަމް ގެ މި އަހަރުގެ އަލްބަމް ކަމަށެވެ. ”ދިވެހިރާއްޖެ“ މި ތީމަށް ހާއްސަކޮށްފައިވާ މި ލަވައަލްބަމްގައި ޖުމްލަ ހަތް ލަވަ ހިމެނޭއިރު މި ލަވަ އަލްބަމްގައި ހިމެނޭ އިރު ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ. މިފަހަރުގެ ލަވަ އަލްބަމަށް ޅެން […]