މަރުވެފައިއޮތް ހަށިގަނޑު ކުނިވެފައި، ފުލުހުންގެ މަސައްކަތާމެދު އާންމުންގެ ނުރުހުން

Loading

Facebook
Twitter
WhatsApp

ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ފަތިހު 04:53 ހާއިރު، ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން އަޒުހާން ކާރަކަށް އަރާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަން ފުލުހުން ހާމަކުރީ ސެޕްޓެމްބަރު މަހުގެ 25 ވީ އާދީއްތަ ދުވަހު އެވެ. ފުލުހުން އޭރު ބުނި ގޮތުގައި އަޒުހާން އަރާފައިވަނީ ހުދުކުލައިގެ ކާރަކަށެވެ. އަދި އެދުވަހުގެ ރޭ އެރޭ ފުލުހުން ބުނެފައިވަނީ އެ ކާރު ދެނެގަނެވިއްޖެކަމަށާ ހިޔާ 13 ވަނަ ޓަވަރަށް އެރުމަށްފަހު ފަތިހު 04:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއެއްގައި އޭނާ ދަތުރުކޮށްފައިވަނީ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް ކަމަށެވެ.އަދި އޭގެ ފަހުން ބެލި ވީޑީއޯ ފްޓޭޖްތަކުްނ ތަކުން އަޒުހާން އެންމެފަހުން ފެނުނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރެޑބުލްޕާކް ސަރަހައްދުން ކަން ފުލުހުން ހާމަކުރީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭގައެވެ.

އޭގެ ފަހުން ހަފްތާ އެއްފަހުން މިއަދު އިރުއޮއްސުނު އިރު އާންމުން ސިއްސުވާލީ ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒުހާންގެ ހަށިގަނޑު ފެނުނުކަމަށް ފުލުހުން އާންމު ކުރިކުރުމުންނެވެ. އިރުއޮއްސުނު އިރު ފުލުހުން ބުނެފައިވަނީ ހުޅުމާލެ ނިރޮޅުމަގު، ވޯޓާ ތީމް ޕާކް ހަދަމުންދާ ސަރަހައްދުން މިއަދު ހަވީރު 5:45 ހާއިރު މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ވޯޓާޕާކް ހަނދަމުން ދަނީ ރެޑްބުލް ޕާކާއި ޖެހިގެންނެވެ. އެ ދޭތެރޭގައި މިހާރު ހަދަމުންދާ ހަނިމަގެއް ވެއެވެ. އެހަށިގަނޑު ފެނިފައިވަނީ ވޯޓާ ޕާކް ކުރިމަތީ އޮންނަ އުސްފަސްގަޑެއް އޮންނަ ހުސް ބިމުންނެވެ. މި ބިމަކީ ގަސްތައް ގިނަ ބިމެކެވެ.  
އެ ސަރަހައްދުން މި ހަށީގަނޑު ފެނިފައިވާއިރު ހަށިގަނޑަކީ އަޒުހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އޭރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. އަޒުހާންގެ ހަށުގަނޑު ފެނިފައިވަނީ އޭނާ އެންމެފަހުން ފެނުނުކަމަށް ފުލުހުން އާންމުކުރި ސަރަހައްދުންނެވެ. އެކަން ފުލުހުން އާންމުކުރިތާ ހަފްތާއެއްވީއެވެ. ހަށިގަނޑު ފެނުނީ އަދި ކިރިޔާއެވެ.

އެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ހުރެ ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑް ސްޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ ފެނުނު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާތީ އަޒުހާންގެ އާއިލާއަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.
އަދި އެ ހަށިގަނޑު އޮތީ ”ހައިލީ ޑިކޮމްޕޯސް ސްޓޭޖެއް“ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ސައީދު ވވިދާޅުވި ގޮތުގައި ހަށިގަނޑު ފެނުނު ސަރަހައްދު ބެލީ ސީސީޓީވީ ފުޓޭޖުން ލިބުނު މައުލޫމާތަށް ބަލާފައެވެ. އަދި އެހެން ދިމާލެއްގެ ގފްޓޭޖަކުން އަޒުހާން ފެންނަން ނެތުމުން އެސަރަހއްދު ފުލުހުން ބަލަމުން ދަނިކޮށް އެ ހަށިގަނޑު ހަށިގަނޑުފެނުނީއެވެ.ފުލުހުން ބުނެފައިވާ ގޮތުގައި އަޒުހާންގެ ފޯނެއްވެސް އަދި ފެނިފައި ނުވެއެވެ. ހަށިގަނޑު އޮތްގޮތާމެދު ތަފްސީލެއްވެސް ފުލުހުން ނުދެއެވެ.

އެއާއެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފުލުހުންގެ މަސައްކަތުގެ އަވަސްމިނާމެދު ސުވާލު އުފައްދައި ފުލުހުންނާމެދު އިތުބާރުކުރަންވީވަރަކާ މެދު ސުވާލު އުފައްދަމުންނެވެ.

“ ވީޑިއޯ ފްޓޭޖަކުން މީހަކު އެންމެ ފަހުން ފެނުނީ މިސަރަހއްދުންނޭ ބުނެފަ އޭގެފަހުން ހަފްތާއެއް ފަހުން އެ ސަހައްދު ބެލުނީ ފުލުހުންގެ ނާގާބިލްކަމުން“ ސޯޝަލް މީޑިއާގައި އާންމު މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.

އަދި މީގެ އިތުން އެހެން މީހަކު ބުނެފައިވަނީ ހައްގު ހޯދައި ދޭނެ ކަމަށް ހީކޮށް ތިބި މީހުން ހައްގު ހޯދައި ނުދިނީމަ ރައްޔިތުން ނުކުމެ ހައްގު ފޭރިގަތް މީހަކަށް އަނިޔާއެއްކުރީމަ ފުލުހުން އެކަންހުއްޓުވާކަމަށާ އަކަމަކު ފުލުހުންގެ އެ ގާބިލް ކަމެއް ނެތްކަން ހާމަވަނީ ކަމަށެވެ.

އަދި މީގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ އަޒްހާން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނާމެދު ގިނަ ސުވާލުތަކެއް އުފައްދާ ފުލުހުންނަށާއި ސަރުކާރަށް ނިސްބަތްކޮށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ.  

Loading

One Response

  1. ސުބުޙާނަﷲ، މީހުންގެ މަރާއި ގެއްލުވާލުމާއި ވައްކަމާއި ދެކޮޅަށް އަދުލު އިންސާފު ހޯދައިދޭނަމޭ ކިޔާފަ ވެރިކަމާ ޙަވާލުވެ ތިބި ބަޔަކު ހެޔޮނުވާނެދޯ މިވަރަށް ބޮޑުވަރިހަމަވާން. ރައްޔަތުން ހޭލާތިބޭތި 2023 ގެ އެޖެންޑާ20 ގެ ވަޢުދުފޮށްޓަށް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް