އެމްއެންޑީއެފްން ގައުމީ ދުވަހާއި ގުޅިގެން ލަވް އަލްބަމެއް ނެރެފި

Loading

Facebook
Twitter
WhatsApp

ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމްއެންޑީއެފް އިން “ ދިވެހި ރާއްޖެ“ ނަމުގައި ލަވަ އަލްބަމެއް ނެރެފިއެވެ.

އެމްއެންޑީއެފްން ބުނީ މި ލަވަ އަލްބަމަކީ އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ޤައުމީ ލަވަ އަލްބަމް ގެ މި އަހަރުގެ އަލްބަމް ކަމަށެވެ.


”ދިވެހިރާއްޖެ“ މި ތީމަށް ހާއްސަކޮށްފައިވާ މި ލަވައަލްބަމްގައި ޖުމްލަ ހަތް ލަވަ ހިމެނޭއިރު މި ލަވަ އަލްބަމްގައި ހިމެނޭ އިރު ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ.


މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންނަކީ ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުއްލާ ސައީދު، ޕްރައިވެޓް މުހައްމަދު މާހިދު (މާޓު)، ޖައުފަރު އަބްދުއްރަޙްމާން، އާދަމް ނަސީރު އިބްރާހީމް، ފާތިމަތު ޝަރީފް އަދި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)އެވެ.

އެހެންއަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ގައުމީ ރޫހާއި ގައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނެއެވެ. މިގޮތުން މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ގައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވެއެވެ.

މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ލެފްޓިނެންޓް ކާނަލް އަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 1 އަބްދުއްލާ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރ 1 ފަތުހުއްލާ ޝަކީލް ހުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް، ޕްރައިވެޓް މުހައްމަދު މާހިދު (މާޓު) އަދި ޑީޓިއުން ބޭންޑު ހިމެނެއެވެ.

ފުރަތަމަ ފަހަރަށް ލައިވް ކޮންސެޕްޓަކަށް ހެދި މި އަލްބަމްގެ ރެކޯޑިންގއާއި މިކްސިންގ އަދި މާސްޓަރިންގ ހެދުމުގައި އެންމެ އިސް އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ ވޮރަންޓް އޮފިސަރ 1 ފަތުހުއްލާ ޝަކީލް ހުސައިންއެވެ.

މި އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑު ކުރެވިފައެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭ ގޮތް ވަނީ ހަދާފައެވެ.

މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއާއި ލެފްޓިނެންޓް ރިޓަޔަރޑް އަޝްހަރު ވަޙީދާއި ވޮރަންޓް އޮފިސަރ 2 އިބްރާހީމް އަޙްމަދެވެ.

އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ގައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އަދި، އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބޭ ލަވަތަކަކަށް ވަނީ ވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް