ސިފައިންގެ ޕެރޭޑް ނ އަތޮޅުގެ ބައެއް ރަށްތަކަށް

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑްތައް، ނ. އަތޮޅުގެ ތިން ރަށެއްގައި ބޭއްވާނެ ކަމަށް އެމްއެންޑީއެފްން ބުނެފިއެވެ.

އެމްއެންޑީއެފްން މިއަހަރުގެ ގައުމީ ޕެރޭޑް ފަށާފައިވަނީ މިއަހަރުގެ ގައުމީ ދުވަސް ފާހަކުރި ހއ އުތީމުގައި އިއްޔެއެވެ. މި ޕެރޭޑް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމދު ސާލިހާއި  ޑިފެންސް މާރިޔާ އަހްމަދު ދީދީ ވަނީ ބައްލަވާލައްވާފައެވެ.

އެމްއެންޑީއެފުން ބުނީ އުތީމަށްފަހު ދެން ބާއްވާ ޕެރޭޑް އޮންނާނީ މިއަދު ހަވީރު، ނ.ކެނދިކުޅުދޫގައި އޮންނާނެ ކަމަށާ އަދި، މާދަމާ ނ.ވެލިދޫގައި ޕެރޭޑު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ އިތރުން ހުކުރު ދުވަހު އެ އަތޮޅު މަނަދޫގައި ޕެރޭޑު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފްން ބުނެއެވެ.


އެމްއެންޑީއެފްން ބުނީ މި ރަށްތަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ހަރަކާތްތެރިވާނީ އެންމެ ފަހުން ދަސްވެނިވި 68ވަނަ އަސާސީ ތަމްރީނު ކޯހުގެ ސިފައިންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް