އެމްސީއެލްގެ މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ފޭސް ދޭއްގައި އެ ކުންފުނިން އިމާރާތްކުރި ފްލެޓްތައް ލިބުނު މުވައްޒަފުންނަށް ފްލެޓް ހަވާލުކޮށްފި އެވެ.

ފްލެޓްތައް ލިބުނު މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.
އެމްއޭސީއެލްގެ ފްލެޓް އިމާރާތް ހަދާފައިވަނީ 14 ދެ ޓަވަރަށް ވާހެން 384 އެޕާޓްމަންޓާއި އުކުއެވެ. އެމްއޭސީއެލް ބުނީ އެ ފްލެޓް އިމާރާތުގައި ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓްމަންޓް ހިމެނޭކަމަށެވެ. 

މި ފްލެޓް ތަކަކީ ރައީސް އަބްދުއްލާ ޔާމިންގެ ވެރިކަމުގައި  ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން އިމާރާތްކުރި ފްލެޓް އިމާރާތެކެވެ.

އެމްއޭސީއެލްއިން ބުނީ މި ފްލެޓްތަކަށް ފައިސާދައްކަން ލުއި ފަސޭހަތަކެއް ހަމަޖައްސާފައިވާ ކަމަށާ ފްލެޓްތަކަށް ފައިސާ ދައްކަންޖެހެނީ 20 އަހަރަށް ބަހާލައިގެންނެވެ.

ފްލެޓްތައް ހަވާލުކުރުމަށް ބޭއްވު މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންނަނީ ބުރަމަސައްކަތްކުރާ މުވައްޒަފުންކަމަށާ ފްލެޓްތަކެއް އަޅަން ނިންމީ ވެސް މުވައްޒަފުންގެ ބުރަ މަސައްކަތް ކުންފުނިން ފާހަގަކުރާތީ މުވައްޒަފުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް