ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި ބަޔަކުހޯދަނީ

    މި އަހަރުގެ އޭޕްރިލް އެކެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރި ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފއެވެ. މި ވީޑިއޯއިން ފެންނަނީ ހެދުންވިއްކާ ފިހާރައެއްގެ ތެރޭ ހަރަކާތްތެރިވާ ދެ މީހެކެވެ. މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މައުލޫތު ހިއްސާކުރުމަށް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި […]

އެމެރިކާ އަސްކަރިއްޔާއިން ދިވެހި 36 ސިފައިން ތަމްރީންކޮށްފި

  އެމެރިކާގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމެއްގައި 36 ސިފައިން ތަމްރީން ކޮށްފިއެވެ. “އެކްސަސައިޒް ލެންޓަރން މެޓަލް“ގެ ނަމުގައި އެމްއެންޑީއެފްން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ ޓީމަކުންވަނީ ހަރަކާތްތެރިވެފައެވެ. މި ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މިތަމްރީނަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު […]

އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

    މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީއާއިގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމްޑީޕީ އޮފީހުގައި ހިންގި މި މާރާމާރީގައި  ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު ( މަންދީ) އާއި އިތުރު މީހަކުވެސް ވަނީ ޒަހަމްވެފައެވެ. އެ މައްސަލަ […]

ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިނުމާ ގުޅިގެން ހައްޔަރުކުރި  މީހާ ދޫކޮށްލައިފިއެވެ. އެ މީހާ ހައްޔަރުކުރީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުއެވެ. މި  މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ޝަރުތުތަކަކާއި އެކު […]

ބިގް ބޮސް 13 ކާމިޔާބުކުރި އެކްޓަރު ސިއްދާތު ޝުކުލާ މަރުވެއްޖެ

ބިގް ބޮސް 13 ކާމިޔާބުކުރި އެކްޓަރު ސިއްދާތު ޝުކުލާ މަރުވެއްޖެއެވެ. އާންމުންގެ މެދުގައި މަޝްހޫރު ގިނަ ޓީވީ ޑްރާމާ ތަކުގައި މަސައްކަތްކޮށް ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ސިއްދާތު މަރުވީ ހާޓް އެޓޭކެއްޖެހިގެންނެވެ. ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު ޑްރާމާ ބަލިކާ  ވަދޫ ފަދަ މަޝްހޫރު ޑްރާމާތަކުގެ ލީޑް ރޯލް ކުޅެފައިވާ ސިއްދާތު  މިއަދު މަރުވި އިރު އޭނާގެ އުމުރަކީ 40 އަހަރެވެ. އިންޑިއާ ނޫސްތަކުން ބުނާގޮތުގައި އޭނާ މަރުވީ މިއަދު 11 ޖެހި އިރު ކުއްލި ގޮތަކަށް […]

ގްރޭޑް 11ގެ ދަރިވަރުން ހަދާ އެޑެކްސެލް އޭ އެސް އިމްތިހާން ފަސްކޮށްފި

    ގްރޭޑް 11 ގެ ދަރިވަރުން ފުރަތަމަ ހަދާ އެޑެކްސެލް އޭއެސް އިމްތިހާން ފަސްކޮށްފި އެވެ. މި އިމްތިހާނަކީ އަންނަ  އަހަރުގެ މެއި / ޖޫން ގައި ބޭއްވުމަށް ކުރިން ހަމަޖައްސާފައިވާ އިމްތިހާނެކެވެ. ނަމަވެސް މި އިމްތިހާން ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު / ނޮވެމްބަރުގައެވެ. އެޑިއުކޭޝަނުން މިނިސްޓްރީން ބުނީ މި އިމްތިހާން ފަސްކުރީ ގްރޭޑް 11 ގެ ދަރިވަރުންގެ ކިޔެވުން ފެށެނީ އަންނަ މަހުގެ 26 ވަނަ ދުވަހުކަމަށް ވުމުން މެއި […]

މުވައްޒަފުންނަށް އިތުރަށް ދިން ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި

  ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މިދިޔަމަހުގެ މުސާރަ ދިންއިރު އިތުރަށް ދީފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ. އެ މުވައްޒަފުންނަށް އިއްޔެ މުސާރަ ޖަމާވިއިރު ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 70000 ރުފިޔާއިން މަށްޗަށްވެސް  މުސާރައިގެ ގޮތުގައި ފައިސާ ޖަމާވެފައިވެއެވެ. ނަމަވެސް އެ ފައިސާ ތަކަކީ އޮޅިގެން ޖަމާކުރެވިފައިވާ ފައިސާ ތަކެއް ކަމަށްވާތީ އެގޮތަށް މުސާރަ ލިބުނު 100 އެއްހާ މުވައްޒަފުންނަށް އެކަން ވަނީ އަންގާފަ އެވެ. […]

އަލިފުށީ އެއާޕޯޓް އަޅަން އެމްޓީސީސީ އަށް

  ރ.އަލިފުށީގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ އެއާޕޯޓުގެމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. އަލިފުށީގެ ބިން ހިއްކާ އެއާޕޯޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސް ވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަލިފުށީގައި އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއާޕޯޓު ތަރައްގީކުރުމަށް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޑިޒައިން […]

ދަނޑުވެރިން ހައްދާތަކެތި ފިނިކޮށް ބެހެއްޓޭނެ ނިޒާމެއް ނުވަ ރަށެއްގައި ގާއިމުކުރަނީ

    ދަނޑުވެރިން އުފައްދާ ތަކެތި ފިނިކޮށް ބެހެއްޓުމަށް ރައްކާކުރެވޭނެ ގޮތްތަކެއް ނުވަ ރަށެއްގައި ގާއިމުގެ ކުރުމުގެ މަސައްކަތް މަސައްކަތް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ފަށައިފިއެވެ. ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނީ މިއީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއަކީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މަޝްރޫއެއް […]

ޖީއާން މަރުވި މައްސަލައިގައި ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދޭން އަމުރުކޮށްފި

  ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި 4.2 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ. އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަން އިން ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ. ހަތް އަހަރުގެ ޖިއާން މަރުވާން […]