ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި ބަޔަކުހޯދަނީ

240

 

 

މި އަހަރުގެ އޭޕްރިލް އެކެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރި ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފއެވެ.

މި ވީޑިއޯއިން ފެންނަނީ ހެދުންވިއްކާ ފިހާރައެއްގެ ތެރޭ ހަރަކާތްތެރިވާ ދެ މީހެކެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މައުލޫތު ހިއްސާކުރުމަށް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އަދި މައުލޫމާތު ހިއްސާކުރާއިރު  މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 483699 ބުނުމަށް ވެސް ފުލުހުން އެދެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ