އަލްމާ ބޯޓް ސަލާމަތްކޮށްގެން މާމެންދޫ އަށް ގެންގޮސި

  ހުވަދޫ ކަނޑުން ދަތުރުކުރަނިކޮށް ކަނޑުގަދަވެ ހާލުގައި ޖެހުނު ”އަލްމާ“ ބޯޓު ގއ މާމެންދޫއަށް ގެންގޮސްސިއެވެ. ބޯޓު މާމެންދޫ އަށް ގެންދިޔައީ  އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓް ހާލުގައި ޖެހި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރުއެވެ. ފަސް ދިވެހިންނާއި ތިން ބިދޭސީން  މި ބޯޓުން ދަތުރުކުރި އެންމެންގެ ވެސް ހާލު ރަގަޅު ކަމަށް ވެސް އެމްއެންޑީއެފްން ބުނެއެވެ. މި ބޯޓު، މާމެންދޫ ބަނދަރަށް ވެއްދީ ރޭގެ 9:30 […]

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓެއް އާންމުކޮށްފި

  އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް މިއަދު އިފްތިތާހް ކޮށް އާންމުކޮށްފި ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާކުރެއްވީ އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ. މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ހިދުމަތްތަކުގެ އެންމެފަހުގެ މައުލޫމާތާއި ފޮޓޯއާއި، ޝާއިޢުކޮށްފައިވާ ފޮތްތައް ހިމަނާފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ސްމާރޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި […]

ޝާހިދު ގަހެއް އިންދަވައިފި

  އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ގަހެއް އިންދަވައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ގަހެއް އިންދެވީ އދ.ގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގައިކަމަށެވެ. އަދި  މިއީ ޔޫއެން ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތެއްކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދު ގަސް އިންދެވީ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން”ކޮޕް 26″ގައި ބައިވެރިވެވަޑައިގަތުމަށް ފުރުރުއްވުމުގެ […]

ދަރިވަރަށް ޖިންސީގޯނާ ކުރި މައްސަލައިގައި ގަލޮޅު ސްކޫލުން ޒިންމާއިން ރެކެން މަސައްކަތްކޮށްފައިވޭ: ޝިޔާމް

  ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ސްކޫލުން ޒިންމާއިން ރެކެން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެ މަސައްލަ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.   މިހާދިސާއާއި ގުޅިގެން އެންމެ ފުރަތަމަވެސް ސްކޫލުން އަމަލުކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަކޮށްކަމަށް ވިދާޅުވެ،  ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިއްމާ ސްކޫލްތަކުން ފުރިހަމައަށް […]

ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން މަސައްކަތުމީހުން ސަސްޕެންޑްކޮށްފި

    ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ސްކޫލުގައި މަސައްކަތްކުރާ އަންހެން މަސައްކަތު މީހުން ސަސްޕެންޑްކޮށްފިއެވެ. ގަލޮޅު މަދަރުސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައި ކަމަށެވެ. އަދި ދަރިވަރުން ކިޔަވާ ގަޑީގައި ފާހާނާ އަށް ދާނަމަ އެ ދަރިވަރު ފާހާނާ އަށް ގެންދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ […]

އާންމު ފަރާތަކުން ފުލުހަށް ހަވާލުކުރި 100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

  އާންމު ފަރާތަކުން ފުލުހަށް ހަވާލުކުރި 100 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. ފުލުހުން ބުނީ އެ 100 ރުފިޔާއަކީ  މި މަހު 24 ވަނަ ދުވަހު ހެންވޭރު ސަހަރާކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރުފިޔާ ކަމަށެވެ. ފުލހުން ވަނީ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 502294 އެވެ. އަދި ކާކުކަން […]

އަމިއްލައަށް ބަރަހަނާފޮޓޯ ސޯޝަލް މީޑީއާއަށް ލީކް ކުރި މީހެއްގެ މައްސަލަ ބަލަންފަށައިފި

  ދިވެހި އަންހެނަކު އޭނާގެ އަމިއްލަ ބަރަހަނާ ފޮޓޯތަކެއް ވައިބާ ގްރޫޕަކަށްލީ މައްސަލައެއް ފުލުހުންބަލަން ފަށައިފިއެވެ. ފުލުހުންބުނީ އެ އަންހެން މީހާއަކީ ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނެއްކަމަށާ އެ މީހާ އަމިއްލަ ބަރަހަނާ ފޮޓޯތަކެއް  ވައިބާ ގްރޫޕަކަށް ފޮނުވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިއްސަލައިގެ ތަފްސީލް ފުލުހުން ނުދެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ މީހެކެވެ. ސޯޝަލް […]

ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

    ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގާތްގަޑަކަށް 100 އެއްހާ މީހުން ދިރިއުޅޭ 6.3 ހެކްޓަރުގެ ކުޑަ މިރަށުގެ ގޮޑުދޮށް ހިމާޔަތްކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. 9.16 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 3.5 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެމްޓީސީން ބުނީ ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 40 މީޓަރުގެ ސަރަހައްދެއްގައި ހުރަސް ތޮށިލާނެކަމަށެވެ. އަދި 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް […]

މީދޫ އިސް މެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

  އައްޑޫ ސިޓީ މީދޫގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝިއަލް ސާވިސް ކޮމިޝަނުން ( ޖޭއެސްސީ)ން ނިންމައިފިއެވެ. ޖޭއެސްސީ ތައްޔިބަށް ފިޔަވަޅު އެޅުމަށް ނިންމީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ގޮތެއް ނިންމިއިރު އޭނާ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނާ މައްސަލަ އެއް ބެލުމަށް ފަހުއެވެ. މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތައްޔިބުގެ […]

ގާނޫނު އަސާސީ އިސްލާހުކުރަން މަސައްކަތްކުރަނީ ގިނަ ބަޔަކު އެކަމަށް އެދޭތީ: ނަޝީދު

  ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ގިނަ ބަޔަކު އެކަމަށް އެދޭތީކަމަށް ގާނޫނު އިސްލާހުކޮށްގެން ވެރިކަމުގެ ނިޒާމް ބަދަކޮށް ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.   މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އިސްލާހުކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވާފައިވާނެ ކަމަށާ އެކަން ކުރައްވަނީ އެކަމަށް ގިނަ ރައްޔިތުން […]