އަލްމާ ބޯޓް ސަލާމަތްކޮށްގެން މާމެންދޫ އަށް ގެންގޮސި

Loading

Facebook
Twitter
WhatsApp

 

ހުވަދޫ ކަނޑުން ދަތުރުކުރަނިކޮށް ކަނޑުގަދަވެ ހާލުގައި ޖެހުނު ”އަލްމާ“ ބޯޓު ގއ މާމެންދޫއަށް ގެންގޮސްސިއެވެ.

ބޯޓު މާމެންދޫ އަށް ގެންދިޔައީ  އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓް ހާލުގައި ޖެހި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރުއެވެ.

ފަސް ދިވެހިންނާއި ތިން ބިދޭސީން  މި ބޯޓުން ދަތުރުކުރި އެންމެންގެ ވެސް ހާލު ރަގަޅު ކަމަށް ވެސް އެމްއެންޑީއެފްން ބުނެއެވެ.

މި ބޯޓު، މާމެންދޫ ބަނދަރަށް ވެއްދީ ރޭގެ 9:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފްން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން، ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް